ކޯވިޑްގައި ޖެހި "ދި ކަޕިލް ޝަރްމާ ޝޯ" އަނެއްކާވެސް ހުއްޓާލަނީ

އިންޑިއާގެ އެންމެ މަޝްހޫރު ކޮމިޑީ ޝޯ "ދި ކަޕިލް ޝަރުމާ ޝޯ" ހުއްޓަލަން ޖެހިއްޖެ އެވެ. ޝޯ ހުއްޓާލަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެ ވަނަ ހަފްތާގައި އެވެ. މީގެ ކުރިންވެސް އެތައް ފަހަރަކު ހުއްޓާލި އެޝޯ...

26 Jan 2021 | 03:49

އިންޑިއާގެ އެންމެ މަޝްހޫރު ކޮމިޑީ ޝޯ "ދި ކަޕިލް ޝަރުމާ ޝޯ" ހުއްޓަލަން ޖެހިއްޖެ އެވެ.

ޝޯ ހުއްޓާލަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެ ވަނަ ހަފްތާގައި އެވެ. މީގެ ކުރިންވެސް އެތައް ފަހަރަކު ހުއްޓާލި އެޝޯ މިފަހަރު ހުއްޓާލަން ޖެހިފައިވަނީ ކޯވިޑް-19 އާއި ގުޅިގެންނެވެ.

މިދިޔަ އަހަރު ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމުން މަސައްކަތް ހުއްޓާލާފައި އޮތުމަށް ފަހު ފިލްމީ މަސައްކަތްތަކަށް ހުއްދަ ދިނުމާއި އެކު އެޝޯ އަލުން ފެށި އެވެ. މިފަހަރު ޝޯ ހުއްޓާލަން ޖެހިފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ޝޯގެ އޯޑިއަންސްގެ ގޮތުގައި ބައިވެރިވާ މީހުންނަށް ސެޓަށް ނުދެވޭތީ އާއި ފިލްމީ ތަރިން އެމީހުންގެ ޝޯތައް ޕްރޮމޯޓް ކުރުމަށް ޝޯތަކަށް ނުދާތީ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މަޖުބޫރީ ހާލަތުގައި ޝޯ ހުއްޓާލަން ޖެހިފައިވަނީ ކަޕިލްވެސް ބްރޭކެއް ބޭނުންވެފައި ހުއްޓަ އެވެ. އެއީ ކަޕިލް އާއި އަންހެނުން ގިނީ ޗަތްރަތް އަށް ދެވަނަ ދަރިއަކު ލިބެން އުޅޭތީ އެވެ.

އެކަމަކު ހާލަތަށް ބަދަލު އައިހާ އަވަހަކަށް އަލުން ޝޯ ފަށާނެ ކަމަށް ކަޕިލް އާއި ހަވާލާ ދީ މީޑިއާގައި ބުނެފައިވެ އެވެ.

މި ޝޯ ދައްކަން ފެށީ 2018 ވަނަ އަހަރު އެވެ. މި ޝޯގައި ކަޕިލް އާއި އެކު ޝޯ ހުށަހަޅައިދޭ އިތުރު ކޮމީޑިއަނުންގެ ތެރޭގައި ބާރުތީ ސިންގް، ކުރުޝްނާ އަބީޝެކް، ކީކޫ ޝާރްދާ އަދި އަރްޖަނާ ޕްރަން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް