އެމެރިކާގެ ސްޓޭޓްސް އެޓާނީއެއްގެ މަގާމު ފުރަތަމަ ފަހަރަށް މުސްލިމް އަންހެނަކަށް

އެމެރިކާގައި ސްޓޭޓްސް އެޓާނީއެއްގެ މަގާމު ފުރަތަމަ ފަހަރަށް މުސްލިމް އަންހެނަކަށް ދީފިއެވެ. މި ޝަރަފް ލިބިފައިވަނީ ޕާކިސްތާނަށް އުފަން، ނަމަވެސް މިހާރު އެމެރިކާގައި ދިރިއުޅެމުން އަންނަ ސައިމާ މޮހްސިން...

26 Jan 2021 | 03:08

އެމެރިކާގައި ސްޓޭޓްސް އެޓާނީއެއްގެ މަގާމު ފުރަތަމަ ފަހަރަށް މުސްލިމް އަންހެނަކަށް ދީފިއެވެ.

މި ޝަރަފް ލިބިފައިވަނީ ޕާކިސްތާނަށް އުފަން، ނަމަވެސް މިހާރު އެމެރިކާގައި ދިރިއުޅެމުން އަންނަ ސައިމާ މޮހްސިންއަށެވެ. އޭނާ އަށް ހަވާލުކޮށްފައިވަނީ މިޗިގަންގެ އީސްޓަން ޑިސްޓްރިކްޓްގެ ސްޓޭޓް އެޓާނީގެ މަގާމެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ހާމަކޮށްފައިވާގޮތުގައި ސައިމާ އޭނާގެ ޑިއުޓީ އަދާކުރަން ފަށާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

އެމެރިކާގެ ސްޓޭޓް އެޓާނީއެއްގެ މަގާމަށް މުސްލިމަކު އައްޔަންކުރި މިއީ ފުރަތަމަ ފަހަރެވެ. އެ މަގާމަށް ފުރަތަމަ ފަހަރަށް މުސްލިމަކު އައްޔަންކޮށްފައިވާއިރު އެމެރިކާގެ އާ ރައީސް، ޖޯ ބައިޑަން ވަނީ މުސްލިމުންނަށް އޭނާ ވި ވައުދު ފުއްދާފައެވެ.

އެގޮތުން އޭނާ ވަނީ މުސްލިމުންނާ ދެކޮޅަށް ޓްރަމްޕް އެޅުއްވި ފިޔަވަޅު ބާތިލު ކުރައްވާފައެވެ. މުސްލިމުންނާ ދެކޮޅަށް ރިޔާސީ ގަރާރެއްގައީ ޓްރަމްޕް ސޮއި ކުރެއްވީ 2017 ވަނަ އަހަރުއެވެ.

އެއީ މުސްލިމުންގެ މެޖޯރިޓީ އޮންނަ ހަތް ގައުމަކުން، އެމެރިކާއަށް އެތެރެ ނުވެވޭ ގޮތަށް، އެމެރިކާއަށް ބާރު ދިން ގަރާރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް