އެމެރިކާގައި އެއް މިލިއަން މީހުންނަށް މިހާތަނަށް ކޮވިޑް ވެކްސިން ޖަހައިފި

އެމެރިކާގައި ކޮވިޑް-19ގެ އާ ސަރޖެއް އައިސްފައިވާއިރު އެގައުމުގެ އެއް މިލިއަން މީހުންނަށް މިހާތަނަށް ވެކްސިން ޖަހައިފި އެވެ. އަލަށް ކޭސްތައް އިތުރުވަމުން އަންނަ ދެ ސަރަހައްދަކީ ޓެނެސީ އާއި ކެލިފޯނިއާ އ...

25 Dec 2020 | 14:02

އެމެރިކާގައި ކޮވިޑް-19ގެ އާ ސަރޖެއް އައިސްފައިވާއިރު އެގައުމުގެ އެއް މިލިއަން މީހުންނަށް މިހާތަނަށް ވެކްސިން ޖަހައިފި އެވެ.

އަލަށް ކޭސްތައް އިތުރުވަމުން އަންނަ ދެ ސަރަހައްދަކީ ޓެނެސީ އާއި ކެލިފޯނިއާ އަށްވާ އިރު، އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ ކޮރޯނާވައިރަސްގެ އާ ސްޓްރެއިން އެމެރިކާގައި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް ވެސް އަންނަނީ އަޅަމުން ނެވެ.

ޓެނެސީގައި ފާއިތުވި ހަފްތާގައި ދުވާލެއްގެ މައްޗަށް ކޮންމެ އެއްލައްކަ މީހަކުން 128 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. އަދި ކެލިފޯނިއާގަ ކޮންމެ އެއްލައްކަ މީހަކުން 111 މީހަކަށް ވަނީ ވައިރަސް ޖެހިފަ އެެވ.

އަލަށް މިފެންނަ ކޭސްތަކަކީ އެމެރިކާގައި "ތޭންކްސް ގިވިންގ" ޗުއްޓީގައި ގިނަ މީހުން އެއްތާކަށް އެއްވުމާއި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގެ ސަބަބުން ފެންނަމުންދާ ކޭސްތަކެއް ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ހާމަކޮށްފަ އެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އިން ހާމަކޮށްފައިވާ ގޮތުގައި ބުދަ ދުވަހާ ހަމައަށް އެމެރިކާގެ އެއް މިލިއަން މީހުންނަށް ވަނީ ކޮވިޑް-19 ވެކްސިން ދީފަ އެވެ.

އެމެރިކާގެ ގިނަ މީހުން ބުނާގޮތުގައި އެމީހުންނަށް ވެކްސިން ޖެހޭވަރުވާނީ އަދި ހަމަސް ދުވަސް ފަހުން ނެވެ. އެއީ އެންމެ ފުރަތަމަ ވެކްސިން ޖަހާ މީހުންގެ ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ނަރސިންގ ހޯމްތަކުގައި ތިބި މީހުންނާއި ސަރުކާރުގެ އޮފިޝަލުން ހިމެނޭތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް