އެސްޓީއޯ އަކީ އެ އިރެއްގައި ރައްޔިތުންނަށް ބޭނުންވާ އައިޑެންޓިފައިވާ ހިސާބުން އެކަމެއް ކުރުމަށްޓަކައި އޮންނަ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އެސްޓީއޯ ވުޖޫދަށް އައީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފޯރިކޮށް ދިނުމަށްޓަކައި ކަމަށެވެ.
އެގޮތުން ފުރަތަމަ ފަށައިގަތް އިރު، ފޯރުކޮށްދިނީ ކާޑުގެ ބާވަތްތަކާއި ތެޔޮ ކަމަށާއި ނަމަވެސް އޭގެ ފަހުން މެޑިކަލް ޑިޕާޓްމެންޓެއް އުފެދި، ރައްޔިތުންނަށް ބޭނުންވާ ބޭސް ވެސް ފޯރުކޮށްދެމުން އަންނަ ކަމަށް އަމްރު ވިދާޅުވި އެވެ. އަދި އެވަގުތަކަށް ބޭނުންވާ އިތުރު ޚިދުމަތްތައް ވެސް ފޮރުކޮށްދެމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި ސްޕަރ މާކެޓެއްގެ ޚިދުމަތް ފަށާ، ކޮންސްޓްރަކްޝަން މެޓީރިއަލް ވެސް ފޯރުކޮށްދޭން ފެށި ކަމަށާއި އަބަދުވެސް ބަލަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އަމްރު ވިދާޅުވި އެވެ. އަދި ރައްޔިތުން ކުރަމުން އަންނަ ވިޔަފާރިތައް ފުޅާވުމުން އެކަމުގެ ތެރެއަށް އެސްޓީއޯ ނުވަންނާނެ ކަމަށް ވެސް އަމްރު ވިދޅުުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް