ޖަހާ ފޮޑީގެ ވަސް ގަދަވި ވަރަކަށް ސިއްޚަތައް ލިބޭ ފައިދާ ބޮޑު: ދިރާސާ

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ދެކޭގޮތުގައި ފޮޑިނޖެހުމަކީ ހަޑި އަދި ހުތުރު އަމަލެކެވެ. ހާއްސަކޮށް ވަސްގަދަ ފޮޑި ޖަހާނަމަ އެކަމުން ސަލާމަތް ވުމަށް ނޭފަތުގައި އަތްއަޅާ އެތަނަކުން ސަލާމަތްވުމަށް އެ...

25 Dec 2020 | 10:19

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ދެކޭގޮތުގައި ފޮޑިނޖެހުމަކީ ހަޑި އަދި ހުތުރު އަމަލެކެވެ. ހާއްސަކޮށް ވަސްގަދަ ފޮޑި ޖަހާނަމަ އެކަމުން ސަލާމަތް ވުމަށް ނޭފަތުގައި އަތްއަޅާ އެތަނަކުން ސަލާމަތްވުމަށް އެހެން ތަނަކަށް ދެއެވެ.

އަހަރެމެންގެ އާދަކާދަ ހުންނަގޮތުން މީހުން ތިބޭތަނެއްގައި ފޮޑި ޖެހުން ރަނގަޅެއް ނޫނެވެ. ބަޔަކަށް އެހެން ހީވެފައި އޮތް ނަމަވެސް ފޮޑި ޖެހުމަކީ އެއްގޮތަކަށް ވެސް ގޯސްކަމަށް ނުވެއެވެ.

އެކަމާ ކަންބޮޑު ނުވާށެވެ. ފޮޑި ޖެހުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ބޮޑަށް ރަނގަޅީވެސް ވަސްގަދަ ފޮޑި ޖެހުމެވެ. ދާދި ފަހުން ހެދި ދިރާސާއަކުން މިކަން ވަނީ އެނގިގެން ގޮސްފައެވެ.

ފޮޑި ޖެހުމަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެނީ ފޮޑި ޖެހުމަކީ ހަށިގަނޑުގައި އުފެދިފައިހުންނަ ތަފާތު ގޭހުގެ ބާވަތްތައް ބޭރުވެގެންދާކަމެއް ކަމެކެވެ. އަދި މީގެއިތުރުން ވަސްގަދަކޮށް ޖަހާ ފޮޑީގައި އަދި މާ ފައިދާ ބޮޑުކަމަށް މި ދިރާސާގައި ވެެއެވެ.

މި ދިރާސާގައި ވާގޮތުން ޖަހާ ފޮޑީގައި ވަސް ގަދަވި ވަރަކަށް ސިއްޚަތައް ލިބޭ ފައިދާ އެތައް ގުނައެއް ބޮޑެވެ. އެހެނީ ވަސްގަދަކޮށް ޖަހާ ފޮޑީގެ ވަހުގެ ސަބަބުން ހިތުގެ ތަފާތު ބަލިތަކަށާއި ކިޑްނީ ފެއިލް ވުމުން ސަލާމަތް ވުމަށް އެހީތެރިކަން ލިބެއެވެ.

ޔުނައިޓެޑް ކިންގްޑަމްގެ ޔުނިވާސިޓީ އޮފް އެގްޒިސްޓާރ އިން ހެދި މި ދިރާސާގައި ބުނާގޮތުން ސިއްޚަތައް އެންމެ ފައިދާ ބޮޑީ ޖަހާ ފޮޑީގައި ކުނި ކުކުޅުބިހަކުން ދުވާ ބާވަތުގެ ވަސްދުވާ ނަމައެވެ. އެފަދަ ވަސް ހުންނަ ފޮޑީގެ ވަހުގެ ސަބަބުން ވިސްނުން ތޫނުވެ ކާތަކެތި ހަޖަމް ކުރުމަށް ބާރުލިބޭކަމަށް ވެސް މި ދިރާސާގައި ވެެއެވެ.

މި ދިރާސާއިންް ހާމަކޮށްފައިވާގޮތުން ކޮންމެ މީހަކުވެސް ދުވާލަކު ވިއްސަކަށް ފަހަރު ފޮޑިޖަހާނެއެވެ. ނަމަވެސް ފޮޑި ޖެހުން އިތުރުވެ ހަށިގަނޑަށް އުނދަގޫވާނަމަ، އެއީ ވެސް މައްސަލައެކެވެ. ބައެއް ފަހަރި މިހެން ދިމާޗަނީ ކާއެއްޗެހި ހަޖަމުކުރުމުގެ މައްސަލަތަކުގެ އިތުރުން އެހެން ކަމަކާ ގުޅުންހުރި މައްސަލައެއްގެ ސަބަބުންކަމައް ދިރާސާގައި ބުނެފައިވެއެވެ.

ގިނައިން ފޮޑިޖެހުމަކީބހަށިގަނޑަށް ފައިދާ ހުރި ކަމެއް ނަމަވެސް ގިނައިން ފޮޑިޖެހި ބަނޑަށް އުނދަގޫވާނަމަ، ކެއިންބުއިމުގައި މޭވާ އާއި ތަރުކާރީގެ އިތުރުން ފެން ގިނައިން ބޭނުންކުރުމަކީ ރަނގަޅުކަމެއްކަމުގައި މި ދިރާސާގައިވެއެވެ.

އަދި ކަސްރަތުކުރުން އިތުރުކޮށް، ޕްރޮސެސްޑް ފުޑްސް ނުވަތަ ޕެކެޓު ކޮށްފައި ހުންނަ ތައްޔާރީ ކާނާ ކެއުމާ ދުރުހުލިވުމާމެދު ވިސްނާލުން ރަނގަޅެވެ.

ނަމަވެސް ގިނައިން ފޮޑިޖެހި ބަނޑަށް އުނދަގޫވުން ދިގުދެމިގެން ދާނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާހޯދުމަށް ވެސް މި ދިރާސާގައި ލަފާދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް