ރިޝްވަތަކީ މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ފިލުވައިލަން އެންމެ އުނދަގޫ ވަބާ: ޚުތުބާ

ރިޝްވަތަކީ މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވައިލަން އެންމެ އުނދަގޫ ވަބާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. ޚުތުބާގައި ބުނީ އެއީ ވަ...

25 Dec 2020 | 08:35

ރިޝްވަތަކީ މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވައިލަން އެންމެ އުނދަގޫ ވަބާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ބުނީ އެއީ ވަރަށް ސިއްރު ގޮތަކަށް ކުރެވެމުން ދާ ކަމަކަށް ވާތީ ކަމަށާއި ވަރަށް ގިނަ މުޖުތަމައު ތަކެއްގައި ރިޝްވަތު އާންމުވެފައި ވާ ކަމަށެވެ. އަދި ރިޝްވަތުގެ ސަބަބުން ތަނެއްގެ އަދުލު އިންސާފު ގެއްލި އެތައް ބަޔަކަށް ލިބެން ޖެހޭ ހައްގުތައް ނުލިބި އެތައް ބައެއްގެ ކަންތައްތައް ލަސްވާ ކަމަށާއި އަނެއްބައި މީހުންގެ ކަންތައްތައް އަވަހަށް ނިމިގެން ދާ ކަމަށެވެ.

ރިޝްވަތަކީ މާތްالله ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވީހިނދު އެކަމުގައި އުޅޭ އެންމެންގެ މައްޗަށް އެކަލާނގެ ލައުނަތް ހައްގުވެގެންވާ ކަމަށް ރަސޫލާ ބަޔާން ކުރައްވާފައިވާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ރިޝްވަތު ހިފާ މީހުންނަކީ ހަރާމް މުދާ ކައި އުޅޭ މީހުން ކަމުގައި ގުރުއާނުގައި ސިފަކުރައްވާފައިވާ ކަމަށާއި އެބައިމީހުންގެ އަނބިދަރިން ނަރަކައަށް އެއްލައިލަނީ އަމިއްލަ އަތުން ކަމަށް ޚުތުބާގައި ބަޔާން ކޮށްފައި ވެއެވެ.

"ހަރާމްތަކެތި އަނބިދަރިންނަށް ކާންދިނުމަކީ ތިމާމެންގެ ދަރިން ބަސްނޭހުމާއި ވިޔާނުދާ އަމަލުތައް ކުރުމަށާއި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހި ވެގެންދާނެ ކަމެއް. ރިޝްވަތުގެ ސަބަބުން މުޖުތަމައުގައި ބަދުއަޚްލާގީ އަމަލުތައް ގިނަވަގެންދާނެ." ޚުތުބާގައި ބަޔާން ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް