އޭއެމްސީއެފްސީ: މިރޭގެ ބޮޑު ފައިނަލް، ދެ ޓީމު ކާމިޔާބަކަށް ކެތްމަދުވެފަ!

ލ. ގަމު މަތިމަރަދޫ ޖަމްޢިއްޔާއެއް ކަމުގައިވާ އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް ( އަމިގޯސް ) އިން އިސްތިޒާމް ކޮށްގެން ލ. މާވަށުގައި މިހާރު ކުރިޔައްގެންދާ އަމިގޯސް މާވަށް...

25 Dec 2020 | 04:25

ލ. ގަމު މަތިމަރަދޫ ޖަމްޢިއްޔާއެއް ކަމުގައިވާ އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް ( އަމިގޯސް ) އިން އިސްތިޒާމް ކޮށްގެން ލ. މާވަށުގައި މިހާރު ކުރިޔައްގެންދާ އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖް 2020 ފުޓްސަލް މުބާރާތުގެ ކުޅުން މިރޭ ނިމުމަކަށް އަންނައިރު، މިރޭ އޮތީ މުބާރާތުގެ ބޮޑު ފައިނަލުގެ ކުރިމަތިލުމެވެ.

މިރޭ ކުޅޭ މި މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ޑީޑީއެފް ދި ޖެނެރެޝަން އާއި އަކިރިކޮޅު ސްޕޯޓްސް ކުލަބެވެ.

ލ. މާވަށު ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ މި ފަހަރުގެ މި މުބާރާތުގައި ޖުމްލަ 10 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިފަހަރުގެ މި މުބާރާތަކީ އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެނެޖްގެ ނަމުގައި ބާއްވާ ފުރަތަމަ މުބާރާތް ކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ޑީޑީއެފް ދި ޖެނެރޭޝަން

މި ފަހަރުގެ މި މުބާރާތުގެ ފައިނަލުން ޑީޑީއެފް ދި ޖެނެރޭޝަން ފުރުސަތު ހޯދީ އެއް މެޗު ފިޔަވައި ދެން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މި މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނު ޑީޑީއެފް ނިއު ޖެނެރޭޝަން 1-10 އިން ބަލިކުރުމަށް ފަހުއެވެ.

ކީ ޕްލޭޔަރ

އަލީ ހާފިޒް ( ހާއްޕެ)

މި މުބާރާތުގައި ޑީޑީއެފް ދި ޖެނެރޭޝަން ފައިނަލަށް ގެންގޮސް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ކުޅުންތެރިޔަކީ އަލީ ހާފިޒް އެވެ. ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ އަލީ ހާފިޒް މި މުބާރާތުގައި ބައިވެރިވީ ވަކި ހިސާބަކުންނެވެ. އެގޮތުން އަލީ ހާފިޒް ޑީޑީއެފް ޓީމާއި ގުޅުނީ ގްރޫޕް ސްޓޭޖުހެ ފަހު ދެމެޗާއި ހިސާބުންނެވެ. އޭނާ ވަނީ މި ދެމެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ހާއްޕެ އަކީ މި ފަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިއާ އަށް ވާދަކުރާ ކުޅުންތެރިޔެކެވެ. މިފަހަރުގެ މި މުބާރާތުގައި އޭނާ ވަނީ 8 ގޯލް ޖަހާފައެވެ.

ޑީޑީއެފް މުބާރާތުގެ ފައިނަލަށް ދަތުރުކުރި ގޮތް: 

ޑީޑީއެފް ދި ޖެނެރޭޝަން- ފޯކަސް:3-1

ޑީޑީއެފް ދި ޖެނެރޭޝަން- އަކިރިކޮޅު އެސްސީ:0-1

ޑީޑީއެފް ދި ޖެނެރޭޝަން- އެމްވައި:10-1

ޑީޑީއެފް ދި ޖެނެރޭޝަން- ޓީކޭ:6-1

ސެމީ ފައިނަލް:

ޑީޑީއެފް ދި ޖެނެރޭޝަން- ޑީޑީއެފް ނިއު ޖެނެރޭޝަން:10-1

އަކިރިކޮޅު ސްޕޯޓްސް ކުލަބު

އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖް 2020ގެ ފައިނަލަށް އަކިރިކޮޅު އެސްސީ ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު އެއް މެޗު ފިޔަވައި ދެން ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ. އަކިރިކޮޅު އެއްސީ ފައިނަލުން ޖާގަ ހޯދީ ފޯރިގަދަ ކުޅުމަކަށް ފަހު މުބާރާތުގައި މޮޅުކުޅުމެއް ދައްކަމުން އައި ލާމު ބްލޫސް 3-4 އިން ބަލިކުރުމަށްފަހުގައެވެ.

ކީ ޕްލޭޔަރ

ހުސެއިން ނާޝިދު (ނާއްޓޯ)

އަކިރިކޮޅު އެސްސީން އިން ފުރަތަމަ ފަހަރަށް ފައިނަލުގެ ޖާގަ ހޯދައިދިނުމުގައި އެ ޓީމަށް ކުޅޭ ހުސެއިން ނާޝިދު (ނާއްޓޯ) ގެ ދައުރު ބޮޑެވެ. ނާއްޓޯ  އަކީވެސް ރާއްޖޭގައި ނަންހިނގާ މޮޅު ފުޓްސަލް ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ނާއްޓޯ އަކީވެސް މިފަހަރުގެ މި މުބާރާތުގެ މޮޅު ކުޅުންތެރިންނަށް ވާދަކުރާނެ ކުޅުންތެރިއެކެވެ. އޭނާ އަކީ މިހާތަނަށް މި މުބާރާތުގައި ގިނަ ގޯލް ތަކެއް ޖަހާ ޓީމު ފައިނަލަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ.

އަކިރިކޮޅު އެސްސީ މުބާރާތުގެ ފައިނަލް ދަތުރުކުރި ގޮތް:

ގްރޫޕް ސްޓޭޖް:

އަކިރިކޮޅު އެސްސީ- އެމްވައި:5-2

އަކިރިކޮޅު އެސްސީ- ޑީޑީއެފް ދި ޖެނެރޭޝަން:1-0

އަކިރިކޮޅު އެސްސީ- ޓީކޭ:2-1

އަކިރިކޮޅު އެސްސީ- ފޯކަސް:8-1

ސެމީ ފައިނަލް:

އަކިރިކޮޅު އެސްސީ- ލާމު ބްލޫސް:4-3

އަކިރިކޮޅު އެސްސީ އަދި ޑީޑީއެފް ދި ނިއުޖެނެރޭޝަން މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު، މި ދެޓީމަކީ ވެސް ގުރޫޕް އޭގައި ހިމެނުނު ދެޓީމެވެ.

މި ދެޓީމުް ވަނީ ގްރޫޕް ސްޓޭޖުގައި ވެސް ބައްދަލުކޮށްފައެވެ. ގްރޫޕް ސްޓޭޖުގައި މި ދެތީމު ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އަކިރިކޮޅުު އެސްސީންނެވެ.

މުބާރާތުގެެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭގައެވެ. ފައިނަލްް މެޗުގެ ކުޅުން ފަށާނީ މިރޭ 21:00 ގައެވެ.

މުބާރާތުގެ މިފަހަރުގެ ކޯ ސްޕޮންސަރުން ނަކީ މާވަށް ކައުންސިލް، ރެލެކްސް ޒޯން އަދި ރިލެކްސް މާޓްއެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ޓޮޕް ސްޕޮޓް، ވިލަރެސް ގެސްޓުހައުސް، ލެޒިޒް، ނިއު ވޭވް، ކެފޭ ލާމު، ކެފޭ އަޒޫރޯ، ކޭމާކް ޒޯން، އޯސިސް އަދި ޕިޒްކާއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000ރ ގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 5،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ދުވަސް އެމްވީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް