ގާނޫނު އަސާސީއަކީ ގައުމެއްގެ އިހުސާސްތައް ކުރިއަށް ގެންދިއުމުގެ އަލިމަގެއް: ޑރ. އަޝްރަފް

ގާނޫނު އަސާސީއަކީ ގައުމެއްގެ އިހުސާސްތައް ކުރިއަށް ގެންދިއުމުގެ އަލިމަގެއް ކަމުގައި ދިވެހި ބަހުގެ އެކެޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އިންޑިއާގެ ގާނޫނ...

25 Nov 2021 | 17:45

ގާނޫނު އަސާސީއަކީ ގައުމެއްގެ އިހުސާސްތައް ކުރިއަށް ގެންދިއުމުގެ އަލިމަގެއް ކަމުގައި ދިވެހި ބަހުގެ އެކެޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އިންޑިއާގެ ގާނޫނު އަސާސީ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

ޑރ. އަޝްރަފް ވަނީ ރާއްޖެ އާއި އިންޑިއާގެ ގާނޫނު އަސާސީގެ މިސާލު ނަންގަވައި، ގާނޫނުއަސާސީގައި ހުރި މުހިންމު ސިފަތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފަ އެވެ.

އެގޮތުން ގާނޫނު އަސާސީއަކީ ގައުމެއްގެ އިހުސާސްތައް ކުރިއަށް ގެންދިއުމުގެ އަލިމަގެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފަ އެވެ.

މިއަދު ބޭއްވި ހަރަކާތްތަކުގައި އިންޑިއާގެ ގާނޫނު އަސާސީ އުފެދުނު ގޮތާ ގުޅޭ ޑޮކިއުމެންޓަރީއެއް ވަނީ ދައްކާފަ އެވެ. އަދި ދެގައުމުގެ ފަންނާނުންގެ ގްރޫޕަކުން ވަނީ ދެ ގައުމުގެ ގައުމީ ސަލާމް ވެސް ހުށަހަޅައިދީފަ އެވެ.

އިންޑިއާގެ ގާނޫނު އަސާސީ ދުވަސް އެ ގައުމުގައި ފާހަގަކުރަނީ މާދަމާ އެވެ.

މި ދުވަހަކީ 1949 ވަނަ އަހަރު އިންޑިއާގެ ޤާނޫނު އަސާސީ އެކުލަވާލި މަޖިލީހުން، އެ ގާނޫނު އަސާސީގެ މަސައްކަތްތައް ރަސްމީކޮށް ނިންމައި، އެއީ އިންޑިއާގެ ޤާނޫނު އަސާސީ ކަމުގައި ބަލައިގަތް ދުވަހެވެ. އެ ގާނޫނު އަސާސީ ތަންފީޒުކުރަން ފެށީ 1950 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.

ސޯޝަލް ސެންޓަރުގެ އޮޑިޓޯރިއަމްގައި މިއަދު ކުރިއަށްދިޔަ މި ހަރަކާތްތަކުގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު، މުނޫ މަހާވަރާއި ކަލްޗަރަލް ސެންޓަރުގެ ޑިރެކްޓަރު ޑރ. ސައީދު ތަންވީރާއި ޑެޕިއުޓީ ކޮމިޝަނާ ރޯހިތު ރާތީޝް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް