ރާއްޖެއިން މިއަދު ކޮވިޑު ޖެހުނު މީހުންގެ އަދަދު 100 ދަށްވެއްޖެ

ރާއްޖެއިން މިއަދު ކޮވިޑު ޖެހުނު މީހުންގެ އަދަދު 100 ދަށްވެއްޖެ އެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 76 މީހުން ނެވެ. އޭގެ ތެރޭގައި ...

25 Nov 2021 | 17:14

ރާއްޖެއިން މިއަދު ކޮވިޑު ޖެހުނު މީހުންގެ އަދަދު 100 ދަށްވެއްޖެ އެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 76 މީހުން ނެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 15 މީހުންނާއި އަތޮޅުތަކުން 55 މީހުންނާއި ރިސޯޓުތަކުން 6 މީހުން ނެވެ.

ފާއިތުވި 24 ގަޑި އިރު، 4،441 ސާމްޕަލް ނަގާފައި ވެއެވެ. އެކްޓިވް ކޭސްގެ އަދަދަކީ 1،832 އެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ އަދަދު 91،122 ގައި ހުރި އިރު، 89،029 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ރާއްޖެއިން ކޮވިޑު ބަލި ޖެހިގެން 14 މީހުން އެނދުމަތިކޮށްގެން ފަރުވާ ހޯދަމުންދާ އިރު، 248 މީހުން ވަނީ މި ބަލީގައި ނިޔާވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް