ބަންގްލަދޭޝްގެ ސެޓެލައިޓް ބޭނުން ކުރުމުގެ ހުއްދަ ރާއްޖެއަށް ދީފި

ބަންގްލަދޭޝްގެ ސެޓެލައިޓް "ބަންގަބަންދު-1" ބޭނުން ކުރުމުގެ ހުއްދަ ރާއްޖެއަށް ދީފިއެވެ. މި ފުރުސަތު ހުށަހަޅުއްވާފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމް މިމަހުގެ 21 ވަނަ ދުވަހު އެ ޤައުމަށް ކުރެއްވި ރަސްމ...

25 Nov 2021 | 12:21

ބަންގްލަދޭޝްގެ ސެޓެލައިޓް "ބަންގަބަންދު-1" ބޭނުން ކުރުމުގެ ހުއްދަ ރާއްޖެއަށް ދީފިއެވެ.

މި ފުރުސަތު ހުށަހަޅުއްވާފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމް މިމަހުގެ 21 ވަނަ ދުވަހު އެ ޤައުމަށް ކުރެއްވި ރަސްމީި ދަތުރުފުޅުގައި ބޮޑުވަޒީރު ޝައިހް ހަސީނާ އަށް ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގެ ތެރެއިން ނެވެ.

ބަންގްލަދޭޝް އިން ލޯންޗުކުރި ފުރަތަމަ ޖިއޯސްޓޭޝަނަރީ ސެޓެލައިޓް ޖައްވަށް ފޮނުވާލާފައިވަނީ 2020 ވަނަ އަހަރުގެ މެހި މަހުގަ އެވެ. 248 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އެގައުމުން ޖައްވަށް ފޮނުވާފައިވާ މި ސެޓެލައިޓުން ޓެލެކޮމިއުނިކޭޝަނާއި ބްރޮޑްކާސްޓިންގ ޚިދުމަތް ފޯރުކޮށް ދެވޭނެ އެވެ.

މި ސެޓެލައިޓް ޖައްވަށް ފޮނުވާލެވުމާ އެކު މުއާސަލާތީ ޚިދުމަތް ހޯދަން އެގައުމުން ކުރަމުންދާ ޚަރަދުގެ 14 މިލިއަން ޑޮލަރު ވަނީ ސަލާމަތްކުރެވިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު، ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގުޅުމަކީ އެތައްޒަމާންތަކަށް ދެމިގެންގޮސްފައިވާ ގާތް ގުޅުމެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ދެޤައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރުމާއި ދެޤައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބަންގްލަދޭޝްގެ ރައީސްއާއި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވާ ދިވެހިރާއްޖެއަށް މުހިންމު ވާނޭ ކަންކަމުގައި މަޝްވަރާ ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް