ވެރިރަށް މާލޭގެ 3 މާރުކޭޓު އެއް ޢިމާރަތަކަށް ބަދަލު ކުރަންނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އޮންލައިން ނޫހެއް ކަމުގައިވާ "ވަގުތު" އަށް ދެއްވި ޚާއްސަ އިންޓަވިއު އެއްގައި މޭޔަރ ވިދާޅުވީ ވެރިރަށް މާލޭގެ މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު، އެއް އިމާރާތަކަށް ބަދަލުކުރުމުގެ މަޝްރޫޢުއެއް އަންނަ އަހަރު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ މިހާރުގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި ޢިމާރާތެއް އަޅާ ހުރިހާ މާރުކޭޓެއް އެތަނަށް ބަދަލު ކުރަން މަސައްކަތް ކުރައްވާ ކަމަށެވެ.އަދި އެ އިމާރާތުގެ ތެރެއަށް ތިން މާރުކޭޓު ލާފައި މާލޭގެ މަލަމައްޗަށް ރީތި، ހިތްގައިމު އިމާރާތެއް ގޮތުގައި ޑިޒައިން ކުރެވި މި ފެށޭ އަހަރު އަމަލީ މަސައްކަތް ފެށޭނޭ ކަމަށް މޭޔަރ ވިދާޅުވެފައި ވެއެވެ.
ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އަންނަ އަހަރު އެންމެ އިސްކަމެއް ދީގެން ކުރާނެ އެއްކަމަކީ މާލޭގެ ތިން މާރުކޭޓު އެއް ޢިމާރާތަަކަށް ބަދަލު ކުރުންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް