ބަލްކަން ރީޖަންގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ޚާއްސަ ކެންޕެއިންތަކެއް ވިޒިޓް މޯލްޑިވްސްއިން ފަށައިފި އެވެ.
ހަ މަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެންޕެއިންތައް ކުރިއަށް ދާނީ މި ނޮވެންބަރު މަހުން ފެށިގެން އަންނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށެވެ.
އެމްއެމްޕީއާރްސީ އިން ބުނީ މި ކެންޕެއިންތަކުގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ހަންގެރީ، ސްލޮވޭކިއާ، ކްރޮއޭޝިއާ، ސާބިއާ އަދި ރޮމޭނިއާގައި ކަމަށެވެ.
މި މާކެޓުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދާއި، ރާއްޖެއަށް މި މަންޒިލްތަކުން ލިބޭ ތަރުހީބަށް ބަލާއިރު، މިއީ ކުރިއަށް އޮތް ތާނގައި ވެސް ރާއްޖެއަށް ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ އުންމީދީ މާކެޓްތަކެއްކަމަށް އެ ކުންފުނިން ބުނެއެވެ.
ވޭތުވެދިޔަ އަހަރުތަކުގެތަކުގެތެރޭގައި މި މާކެޓުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ އިރު، މީގެ އެންމެ ގެސަބަބަކީ މި މާކެޓްތަކާއި ރާއްޖެއާއި ދެމެދު ފްލައިޓްތައް އޮޕަރޭޓް ކުރުމާއި، މިއީ ފަތުރުވެރިކަމަށް ލޯބިކުރާ މީހުން ގިނަ މާކެޓްތަކަކަށްވާތީ ކަމަށް ވެސް އެމްއެމްޕީއާރްސީ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ ކޮވިޑަށް ފަހު މި މާކެޓްތައް މިހާރު މި ބައިނަލްއަޤްވާމީ ދަތުރުފަތުރަށް ހުޅުވާލާފައިވާއިރު، މި ދަނޑިވަޅުގައި މިފަދަ ކެންޕެއިންތައް ހިންގުމުން މި މާކެޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މި ކެންޕެއިންތަކުގެ ދަށުން ހަންގެރީގައި އައުޓްޑޯ އެޑްވަޓައިޒިންގ ހަރަކާތްތަކަކާއި، ވަރޗުއަލް އިވެންޓުތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި މާކެޓްތަކުން މީޑިއާ އަދި އިންފްލުއެންސަރުން ފެމިލަރައިޒޭޝަން ދަތުރުތަކުގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ކެންޕެއިންތަކުގެ ޒަރިއްޔާއިން ރާއްޖެއަކީ ބަލްކަން ރީޖަންގެ ޤައުމުތަކުގެ ފަތުރުވެރިން ދަތުރު ކުރުމަށް އެންމެ ރައްކާތެރި އަދި އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެ އެވެ. އަދި މި މާކެޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ އެވެ.
މީގެ އިތުރުން ކެންޕެއިންތަކުގެ ހަރަކާތްތަކުގެ ޒަރިއްޔާއިން މި މާކެޓްތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް ރާއްޖެއިން ލިބެން ހުންނަ ޚިދުމަތްތަކާއި، ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރެވޭނެ އެވެ. އަދި ރާއްޖޭގެ އެންމެ ފަހުގެ ޓްރެވަލް ގައިޑްލައިންތައް ހިއްސާ ކުރެވޭނެ އެވެ.
ބަލްކަން ރީޖަންގައި ރާއްޖެ މާކެޓްކުރުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގާ މި ކެންޕެއިންތަކުގެ ސްޓްރެޓަކީގެ މަޤްސަދަކީ ބަލްކަން ޤައުމުތަކުގެ ފަތުރުވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖޭގެ ރިޒޯޓު، ހޮޓަލް، ގެސްޓްހައުސް އަދި ލިބަބޯޑުތަށް އިޝްތިހާރުކުރުމެވެ. އަދި ރާއްޖެއިން ލިބެން ހުރި ފަތުރުވެރިކަމުގެ ހިދުމަތްތައް ޕްރޮމޯޓުކުރުމެވެ.
ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ރާއްޖޭގެ މަޤުބޫލުކަން ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓުމުގެ ގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކާއި، ކުރިއަރަމުން އަންނަ އަދި އައު މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމެވެ.
މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސެގްމެންޓުތައް ކަމަށްވާ ލަގްޒަރީ، ފެމިލީ، މައިސް އަދި
ބަޖެޓް ފަތުރުވެރިންނަށް ރާއްޖެއިން ލިބެން ހުރި ފަތުރުވެރިކަމުގެ ޚިދުމަތްތަކާއި ތަޖުރިބާތައް ޕްރޮމޯޓުކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް