ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗައް ދައުވާ އުފުލީ މި ދައުލަތަކީ އިންސާފުވެރި ބައެއް ކަމުގައި ދެއްކެން ކަމުގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އޭސީސިން މަހްލޫފުގެ މައްޗަށް ކޮށްފައިވާ ދައުވާގައި އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމަށާއި ޕީޕީއެމްގައި ދެމިހުރުމުގެ މުޤާބިލުގައި 33،000 އެމެރިކާ ޑޮލަރު ލިބުނުކަމަށް ބުނާ މައްސަލައިގަ އެވެ. އަދި މި މައްސަލައިގައި އިއްޔެ ވަނީ ޔޫތު މިނިސްޓަރުު އަހްމަދު މަހްލޫފުގެ މައްޗަށް ދަޢުވާ އުފުލާފަ އެވެ.
އެގޮތުން މަހުލޫފަށް ދަޢުވާ ކުރުމުން ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި އެކަމަށް އިޝާރަތް ކުރައްވާ ވިދާޅުވީ ދަޢުލަތުން މަހުލޫފުގެ މައްޗަށް ދަޢުވާ އުފުލީ ހިތުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ އިންސާފުވެރި ދަޢުލަތެއް ކަމުގައި ދަށްކަން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްފަހު އަޑީގައި އޮތީ ކުރީގެ ރައީސް ޔާމީން އަަށް އަނިޔާ ދިނުމުގެ ނުބައި ވިސްނުން ކަމުގަ އެވެ.
މީގެ އިތުރުން، ރައީސް ޔާމީން އަށް އިންސާފު ލިބުމަށް އެދެނީ ގުޅިފައިވާ އިދިކޮޅު ކޯލިޝަން ޕީޕީއެމް، ޕީއެންސީ އެކަނި ނޫންކަމާއި މުޅި ޤައުމު ކަން ދަންނަން ޖެހޭ ކަމުގައި ވިދާޅުވެފައި ވެއެވެ.
މި މައްސަލައިގައި ދައުވާކުރަން ފޮނުވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިނިސްޓަރގެ މަގާމުން ޔޫތު މިނިސްޓަރު މަހުލޫފު ސަސްޕެންޑުކުރައްވާފަ އެވެ. ނަމަވެސް ހަތަރު މަހަށް ފަހު މިދިޔަ އޮކްޓޫބަރު މަހުގެ ދިހަވަނަ ދުވަހު އޭނާގެ ސަސްޕެންޝަން ވަނީ ނިމުމަކަށް ގެނެސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް