ޤައުމީ އެއަރލައިން މޯލްޑިވިއަން އިން އޮންލައިންކޮށް ޓިކެޓް ބައްލަވައިގަނެގެން ހިލޭ ރިޓަރން ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ 28 ނޮވެމްބަރުން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށެވެ.
މިމުއްދަތުގެ ތެރޭގައި މޯލްޑިވިއަންގެ ޓިކެޓް އޮންލައިންކޮށް ބައްލަވައި ގަންނަ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކު ނަސީބުވެރި ފަރާތެއް ހޮވާނެއެެވެ.
އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވޭ ނަސީބު ވެރިއަކަށް ހިލޭ 2 ރިޓަރން ޓިކެޓް ލިބުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ.
ގައުމީ އެއަރލައިނުން މި ޕްރޮމޯޝަން ފަށާފަައިވާ އިރު، މޯލްޑިވިއަން އިން ވަނީ އިންޑިއާގެ ދިއްލީއަށް ދަތުރުތައް ފަށާފަ އެވެ. މާލެ އާއި ދިއްލީ ދެމެދު ހަފުތާއަކު ތިން ދަތުރު ކުރާ އިރު، ޓިކެޓެއްގެ އަގު ފެށެނީ 142 ޑޮލަރު (2،180ރ.) އަށެވެ.
މީގެ އިތުރުން މޯލްޑިވިއަން އިން މާފަރާއި ދިއްލީއާ ދެމެދު ދަތުރުތައް ފަށަން ވެސް ވަނީ ނިންމާފަ އެވެ. ނަމަވެސް މި ދަތުރުތައް ފަށާ ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް