ބީއެމްއެލް ވާއު ކިޑްސް ރަން ޑިސެންބަރު 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ މި ދުވުން މިއަހަރު ވެސް އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާރކުގައި ކަމަށް އެ ބޭންކުނ ބުނެ އެވެ.
މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިފެށޭ ޑިސެންބަރު 2 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ދުވުމުގައި ބައިވެރިވެވޭނީ 4 އަހަރާއި 6 އަހަރާ ދެމެދު، 6 އަހަރާއި 8 އަހަރާ ދެމެދު، 8 އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 10 އަހަރާއި 13 އަހަރުގެ އުމުރު ފުރާގެ ކުދިންނަށެވެ.
ދުވުމުގައި ބައިވެރިވާ ކުދިންގެ ތެރެއިން 4 އަހަރުން ފެށިގެން 10 އަހަރުގެ ކުދިން ދުވާނީ ބެލެނިވެރިޔަކާއެކުގަ އެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ދުވުމުގައި ވެސް 1200 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް