ކޮވިޑް-19: މިއަދު ރާއްޖެއިން ފައްސިވީ 44 މީހުން

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 44 މީހުން ފައްސި ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަ...

25 Nov 2020 | 18:08

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 44 މީހުން ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 34 މީހުންނާއި ރިސޯޓުތަކުން 2 އަދި އަތޮޅުތެރެއިން 8 މީހެކެވެ.

އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 44 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 12،854 މީހުން ފައްސި ވެފައިވެއެވެ.

ކޮވިޑް-19 އަށް މުޅި ޖުމްލަ 12،854 މީހުން މިހާތަނަށް ފައްސިވެފައިވާއިރު މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 11،681 އެވެ. އަދި މިއަދު މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 21 އެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 46 އެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 95 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް