މަޝްޙޫރު ފުޓްބޯޅަ ލެޖެންޑް މަރަޑޯނާ މަރުވެއްޖެ

ދުނިޔޭގެ މަޝްޙޫރު ފުޓްބޯޅަ ލެޖެންޑް އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ މަރުވެއްޖެއެވެ. ދުނިޔޭގެ ތާރީހުގައި މިހާތަނަށް ދުއް އެންމެ މޮޅެތި ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާރޖެންޓީނާގެ ލެޖެންޑް ޑިއޯގޯ...

25 Nov 2020 | 17:58

ދުނިޔޭގެ މަޝްޙޫރު ފުޓްބޯޅަ ލެޖެންޑް އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ މަރުވެއްޖެއެވެ.

ދުނިޔޭގެ ތާރީހުގައި މިހާތަނަށް ދުއް އެންމެ މޮޅެތި ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާރޖެންޓީނާގެ ލެޖެންޑް ޑިއޯގޯ މަރަޑޯނާ މަރުވެއްޖެކަން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އުމުރުން 60 އަހަރުގެ މަރަޑޯނާ މަރުވިއިރު، އާޖެންޓީނާގެ މީޑިއާތަކުން ޚަބަރުފަތުރާ ގޮތުގައި މަރަޑޯނާ މަރުވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

ސިކުނޑީގައ ލޭ ކޮޅެއް ގަނޑުވެފައި ހުރުމުގެ ސަބަބުން މެރަޑޯނާވަނީ މިމަހުގެ ކުރީކޮޅު އޮޕަރޭޝަނެއް ވެސް ކޮށްފައެވެ. އޭނާ މަރުވެފައި ވަނީ މި އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުން ދޫކޮށްލިތާ ދެހަފްތާއެއްހާ ދުވަސް ފަހުންނެވެ.

1986 ވަނަ އަހަރު އާޖެންޓީނާ އަށް ވޯލްޑްކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މަރަޑޯނާ އަކީ އޭނާގެ ޖީލުގައި އުފެދުނު އެންމެ ތަފާތު ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. މަރަޑޯނާ ވަނީ އޭނާގެ ޤައުމު އާޖެންޓީނާގެ ބޮކާ ޖޫނިއާސް އާއި އިޓަލީގެ ނާޕޮލީގެ އިތުރުން ބާސެލޯނާއަށްވެސް ކުޅެފައެވެ.

މަރަޑޯނާ މަރުވިކަން އިއުލާނުކުރަމުން އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނީ މަރަޑޯނާ މަރުވި ޚަބަރު ލިބުނީ ފުން ހިތާމައާއެކު ކަމަށާއި މިއީ މުޅި އާޖެންޓީނާގެ ފުޓުބޯޅައަށްވެސް ލިބުނު ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ.

މަރަޑޯނާ މަރުވުމާއި ގުޅިގެން މުޅި އާޖެންޓީނާ ވަނީ ހަމަހިމޭން ވެފައެވެ. އެ ޤައުމުގެ މަގުތަކާއި ބޮޑެތި ފިހާރަތަށް ވަނީ ބަންދުކޮށްފައެވެ. އަދި އާޖެންޓީނާ ސަރުކާރުގެ އިސްވެރިންނާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ އިސްވެރިންނާއި ކުރިން އޭނާއާއެކު ފުޓުބޯޅަ ކުޅެފައި ތިބި ލެޖެންޑުން ދަނީ މި ހިތާމައިގައި ބައިވެރިވެ މީސް މީޑިއާގައި ޝުއޫރުފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް