މާލެ ހިޔާ ފުރަގަހުގައި ކުރިއަށް ގެންދިޔަ ފްލޫ ކްލިނިކްގެ ޚިދުމަތް މެދުކަނޑާލައިފި ކަަމަށް އައިޖީއެމްއެޗު އިން ބުނެފި އެވެ.
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ބުނީ ކޮވިޑް 19 އާއި ގުޅިގެން މާލެ ހިޔާ ފުރަގަހުގައި ކުރިއަށް ގެންދިޔަ ފްލޫ ކްލިނިކްގެ ޚިދުމަތް ނެދު ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އަދި އެ ފްލޫ ކްލިނިކް ގެ ޚިދުމަތް މެދުކަނޑާލަން ނިންމާފައިވަނީ މި ނޮވެމްބަރު މަހުގެ 29 ވާ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.
އެހެންނަމަވެސް ސެނަހިޔާއިން ދެމުންގެންދިޔަ ފްލޫކްލިނިކްގެ ޚިދުމަތް ކުރިއެކޭވެސް އެއްފަދައިން ދެމުންގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް