މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަނެއްކާވެސް ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.
އޭނާ ޕީޕީއެމް އާ ގުޅިވަޑައިގެންފައި ވަނީ ޕީޕީއެމްގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ފޯމާއި ހަވާލުވެވަޑައިގެންނެވީ އިދިކޮޅު ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
ކުރިން ވެސް ޕީޕީއެމްގައި އުޅުއްވުމަސް ފަހު، އޭނާ މިހާތަނަށް ހުންނެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ނައިބު ލީޑަރުގެ މަގާމުގައެވެ.
ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައިި ޑީއާރްޕީ އާ ގުޅިވަޑައުގެންނެވި ރިފާޢު ވަނީ ޑީއާރްޕީގެ ނައިބު ލީޑަރުގެ މަގާމުން މިދިޔަ ހަފްތާގައި ވަކިވެވަޑައިގެންފަ އެވެ. އަދި ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއަރސް ގްރޫޕް ކުންފުނިތަކުގެ ސީއީއޯގެ މަގާމުންނާއި ކާށިދޫ ދާއިރާގެ މަޖިލިސް ސެކްޓްރިއޭޓްގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފައިވާކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް