އިންޑިއާ އާއި އައްޑޫ ސިޓީ އާއި ގދ. ތިނަދޫ އާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށައިފި އެވެ.
މި ދަތުރުތައް ކުރަނީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިންނެވެ. މި ދަތުރުތައް ފަށަން އެކުންފުނީގެ އެމްވީ ބޮންތި 2 މިހާރު ވަނީ އިންޑިއާގެ ޓުޓިކޮރިންއަށް ފުރައިފަ އެވެ.
އެ ކުންފުނިން ކުރި ޓުވީޓެއްގައި ބުނީ އެ ދަތުރުގައި ރާއްޖެއަށް ކާގޯ ގެންނަން ބޭނުންވާ ފަރާތްތަކަށް ބުކިން ހެއްދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ބުކިން ހެއްދުމަށް ގުޅަން ޖެހެނީ 7309700 އަށް ނުވަތަ އީމެއިލް މެދުވެރިކޮށެވެ.
މި ދަތުރުތައް ފެށުމާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ވަނީ މަރުހަބާ ކިޔާފައި އެވެ.
އަދި އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބުނީ މި ދަތުރުތައް ފެށުމަކީ އައްޑު އާއި ހުވަދު އަތޮޅަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ރައްޔިތުންނަށް ހެޔޮ އަގުގައި ބައެއް މުދާ ލިބޭނެ ކަމަށް ވެސް ބުންޏެވެ.
https://twitter.com/adduport/status/1331400267732905985
މި ދަތުރުތައް ފަށަން އުޅޭކަން އިއުލާނު ކުރީ މިމަހުގެ 19 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ސަރުކާރުން ހާމަކޮށްފައިވާގޮތުގައި، މި ދަތުރުތައް ޝެޑިއުލްކުރެވިފައި ވަނީ ކޮންމެ 20 ދުވަހަކުން ދަތުރެއް ކުރާ ގޮތަށެވެ. އެއީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން އައްޑޫސިޓީއަށް، އައްޑޫ ސިޓީން ތިނަދޫއަށް ތިނަދޫން އަނެއްކާ އިންޑިޔާގެ ޓުޓޮކޮރިން ބަނދަރަށް ދާގޮތަށެވެ.
އިންޑިއާގެ ކޮޗިން އާއި ކުޅުދުއްފުއްޓާ ދެމެދުގެ މިހާރު ވެސް އަންނަނީ މުދާ އުފުލަމުންނެވެ. އިންޑިއާގެ ބޯޓަކުން އެ ދަތުރުތައް ފެށީ ސެޕްޓެމްބަރު 26 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް