އއ. ތޮއްޑޫގައި ޓޫރިސްޓަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ހުށަހެޅި އިއްޔެ ހަވީރު ކަމަށެވެ. އެކަމަކު ތަހުގީގުގެ މަރުހަލާ އޮތް ހިސާބުން އަދި އިތުރު ތަފްސީލް ހާމަ ކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.
މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ތޮއްޑޫ ކައުންސިލަކުންވެސް ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޓޫރިސްޓަށް ޖިންސީ ފުރައްސާރަ ކޮށްފައިވަނީ އެ ރަށުގައި ދަނޑުވެރިކަން ކުރާ މީހެކެވެ.
ދަނޑުވެރިކަމަށް މުޅި ރާއްޖެއަށް މަޝްހޫރު ތޮއްޑޫގެ ދަނޑުބިން ތަކަކީ އެ ރަށުގައި ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ތެރެއިން ޓޫރިސްޓުން ޒިޔާރަތް ކުރާ ތަންތަނެވެ. ބައެއް ގެސްޓު ހައުސްތަކުން ބޮޑެތި ދަނޑުބިންތައް ޓޫރިސްޓުންނަށް ދައްކާލުމަށް ގެންދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް