ޤައުމީ ޤުރްއާން މުބާރާތަށް ކިޔެވުމުގެ ރެކޯޑިންގ ވައިބަރއިން ފޮނުވޭގޮތް ހަމަޖައްސައިފި

ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތުގެ ޕޯޓަލް އަށް، ކިޔެވުމުގެ ރެކޯޑިންގ ވައިބަރ މެދުވެރިކޮށް ފޮނުވޭގޮތް ހަދައިފި އެވެ. އެގޮތުން 7321728 ވައިބަރ ނަންބަރަށް ވީޑިއޯ ފޮނުވުމުގެ ...

25 Nov 2020 | 08:43

ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތުގެ ޕޯޓަލް އަށް، ކިޔެވުމުގެ ރެކޯޑިންގ ވައިބަރ މެދުވެރިކޮށް ފޮނުވޭގޮތް ހަދައިފި އެވެ.

އެގޮތުން 7321728 ވައިބަރ ނަންބަރަށް ވީޑިއޯ ފޮނުވުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި ގޮތަށް ހަމަޖައްސާފައި މިވަނީ ބައެއް ފަރާތްތަކަށް ކިޔެވުމުގެ ރެކޯޑިންގ ޕޯޓަލްއަށް ހުށަހެޅުމުގައި ދަތިތަކެއް ދިމާވަމުން އަންނަ ކަމުގެ ޝަކުވާ މިނިސްޓްރީން ލިބެމުން އަންނާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އިންތިޒާމު ކޮށްގެން ބާއްވާ "ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020" އަކީ މީގެ ކުރިން ބާއްވަމުންދިޔަ ޤައުމީ މުބާރާތާއި ޚިލާފަށް މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ވާޗުއަލްކޮށް ޤައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަލައިގެން ކިޔެވުމުގެ ޚާއްޞަ މުބާރާތެކެވެ.

މުބާރާތް ހުޅުވާލެވިފައިވަނީ މުޖައްވަދުކޮށް (ދިގު ރާގު) އަދި ޙަދަރުކޮށް (ކުރު ރާގު) ކިޔަވާ ގޮތަށެވެ.

މުބާރާތުގެ އޮޑިޝަން އޮންނާނީ 2020 ނޮވެމްބަރ 16 އިން 2020 ނޮވެމްބަރ 28 އާއި ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް