އިސްލާމިކް މިނިސްޓްރީގެ ފަރާތުން އަންނައަހަރުގެ ކަލަންޑަރު ނެރެފި އެވެ.
އެ މިނިސްޓްރީން ބުނީ 2021 ވަނަ އަހަރު ވޯލް ކަލަންޑަރާއި ޓޭބަލް ކަލަންޑަރު ވިއްކަން ފަށާފައިވާ ކަމަށެވެ.
ވޯލް ކަލަންޑަރުގައި ހިޖުރީ ތާރީޚާއި މީލާދީ ތާރީޚާއި، ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކާއި ނަކަތްތައް އަދި ނަމާދު ވަގުތު އެނގޭނޭ ގޮތަށް ހުންނާނެ ކަމަށާއި މި ކަލަންޑަރުގެ އަގަކީ 25 ރުފިޔާ ކަމަށް އެ މިނިސްޓްރީން ބުނެއެެވ. އަދި ޓޭބަލް ކަލަންޑަރުގެ އަގަކީ 65 ރުފިޔާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ކަލަންޑަރު ލިބެން ހުންނާނީ 29 ނޮވެމްބަރ އިން ފެށިގެން ރަސްމީގަޑީގައި އެ މިނިސްޓްރީ ގެ ކައުންޓަރުން ނެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީގެ ނަންބަރު 3020271 އަށް ގުޅުއްވުމަށް އެ މިނިސްޓްރީން އެދިލައްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް