އިނގިރޭސިވިލާތުގައި ކަރަންޓީން ވާން ޖެހޭ މުއްދަތު ފަސް ދުވަހަށް މަދު ކުރަނީ

އިނގިރޭސިވިލާތަށް ދާ މީހުން ކަރަންޓީން ވާންޖެހޭ މުއްދަތު ފަސް ދުވަހަށް މަދު ކުރަން ނިންމައިފި އެވެ. އިނގިރޭސިވިލާތަށް ދާ މީހުންގެ ތެރެއިން 14 ދުވަހު ކަރަންޓީން ވާން ޖެހެނީ އެގައުމުން ކަނޑައަޅާފައި އޮނ...

25 Nov 2020 | 07:02

އިނގިރޭސިވިލާތަށް ދާ މީހުން ކަރަންޓީން ވާންޖެހޭ މުއްދަތު ފަސް ދުވަހަށް މަދު ކުރަން ނިންމައިފި އެވެ.

އިނގިރޭސިވިލާތަށް ދާ މީހުންގެ ތެރެއިން 14 ދުވަހު ކަރަންޓީން ވާން ޖެހެނީ އެގައުމުން ކަނޑައަޅާފައި އޮންނަ ރައްކާތެރި ނޫން ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމަކުން އިނގިރޭސިވިލާތަށް ދާ މީހުންނެވެ.

ކަރަންޓީން މުއްދަތު މަދު ކުރަން ނިންމާފައިވަނީ އެފަދަ ގައުމުތަކުން ދާ މީހުނގެ އެވެ. އެކަމަކު މިި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

މި އުސޫލަށް ބަދަލު ގެންނަން ނިންމީ އެ ގައުމުގެ ދަތުރުފަތުރުގެ ސިނާއަތު އަލުން އިޔާދަ ކުރުމަށް އެހީވުމުގެ ގޮތުން ކަމަށް އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓު ޑިޕާޓްމެންޓުން ބުނެފައިވެ އެވެ. މި ބަދަލާއި އެކު އެ ގައުމުގެ ރައްޔިތުން އެހެން ގައުމުތަކަށް ދަތުރު ކުރުން އިތުރުވާނެ ކަމަށް ލަފާ ކުރެ އެވެ.

އިނގިރޭސިވިލާތުން ކަނޑައަޅާފައި އޮންނަ ރައްކާތެރި ނުވަތަ ލުއި ދޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނެ އެވެ. ރާއްޖެއިން އިނގިރޭސިވިލާތަށް ދާ މީހުން އެގައުމަށް އެތެރެވުމުގެ ކުރިން ކަރަންޓީން ވާކަށް ނުޖެހެ އެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން މިހާތަނަށް އައިސްފައިވާ ގައުމެވެ. އެންމެ ގިނަ ޓޫރިސްޓުން ރަޝިއާއިން ރާއްޖެ އައިސްފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވަނީ އިންޑިއާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް