އިއްޔެ މާލޭ ފަޅުތެރޭގައި މަރުވެފައި އޮއްވަ ފެނުނު މީހާ މޫދަށް އެރުނީ އަމިއްލައަށް ކަމަށް ފުލުހުން ބުނެފި އެވެ.
އެމީހާ އެއްވެސް ހަރަކާތެއްނެތި ފަޅުތެރޭގައި ފެން މަތީގައި އޮއްވަ ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ ހެނދުނު 9:43 ހާއިރު އެވެ. އައިޖީއެމްއެޗު ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.
މި ހާދިސާގައި މަރުވެފައި އޮއްވަ ފެނުނީ އުމުރުން 58 އަހަރުގެ އިނގިރޭސިވިލާތުގެ ފިރިހެނެކެވެ.
އެ މައްސަލައިގަ މިއަދު ފުލުހުން ބުނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ފުލުހުން ބަލާފައިވާ ކަމަށެވެ.
އެގޮތުން އެމީހާ އަމިއްލައަށް މޫދަށް އެރޭ މަންޒަރު ފެންނަ ކަމަށް ބުންޏެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ފެންމަތީގައި އެމީހާ ހަށިގަނޑު އޮންނަތަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލައިގަ އިތުރު ކަމެއް ފާހަގަވޭތޯ ބަލާނެ ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް