ބޮލީވުޑްގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ކަރީނާ ވަރެއް ނެތް!

ބޮލީވުޑްގެ "ސްޓާ ކިޑްސް" ނުވަތަ ތަރިންގެ ދަރިން ކުރާ ކަންކަމަކީ މީޑިއާގެ ސަމާލުކަމަށް ވަރަށް ބޮޑަށް އަންނަ ކަންކަމެވެ. ތަރިންގެ ދަރިންގެ ތެރެއިން އުފަންވީންސުރެ އެންމެ މަޝްހޫރު އެއް ކުއްޖަކީ ސައިފް އަ...

25 Nov 2020 | 05:44

ބޮލީވުޑްގެ "ސްޓާ ކިޑްސް" ނުވަތަ ތަރިންގެ ދަރިން ކުރާ ކަންކަމަކީ މީޑިއާގެ ސަމާލުކަމަށް ވަރަށް ބޮޑަށް އަންނަ ކަންކަމެވެ.

ތަރިންގެ ދަރިންގެ ތެރެއިން އުފަންވީންސުރެ އެންމެ މަޝްހޫރު އެއް ކުއްޖަކީ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރު ހާންގެ ދަރިފުޅު ތައިމޫރު އަލީ ހާން އެވެ.

އަންނަ މަހު ފަސް އަހަރު ފުރޭ ތައިމޫރު ތަރުބިއްޔަތު ކުރުމުގައި ކުރާ ހުރިހާ ކަމެއް ކަރީނާ ސޯޝަލް މީޑިއާގައި ހިއްސާ ކުރާނެ އެވެ. އަދި ޕަޕަރާޒީންވެސް ތައުމޫރުގެ ފޮޓޯގަނޑެއް ނެގޭތޯ ކޮންމެ ދުވަހަކު އެތައް ވަގުތެއް ހޭދަ ކުރެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ތައިމޫރޫގެ ހަކަކާތްތައް މީޑިއާއަށް ތިލަވާލެއް ގިނަކަމުން ކަރީނާ އޭނާގެ ދަރިފުޅު ތަރުބިއްޔަތު ކުރަމުންދާ ގޮތް ވަރަށް ރަނގަޅަށް ފެނެ އެވެ. އެގޮތުން ކިޔަވައިދިނުމާއި، އެކުގައި ކުޅުމާއި، މަސައްކަތުގެ ގަޑި ނޫން ވަގުތު ދެމަފިރިން ދަރިފުޅާއި އެކު ވަގުތު ހޭދަ ކުރުމާއި ގަސް އިންދަން ދަސްކޮށް ދިނުން ފަދަ ތަފާތު މަސައްކަތްތައް ކަރީނާ އާއި ސައިފު ތައިމޫރަށް ދަސްކޮށްދެ އެވެ.

މިފަހަރު ތައިމޫރަށް ކަރީނާ ދަސްކޮށްދިނީ ތަފާތު މަސައްކަތެކެވެ. ކަރީނާ ތައިމޫރަށް ތަފާތު ކަމެއް ދަސްކޮށްދިނުމުން ހިތްހަމަޖެހިފައި ހުރި ކަމަށް ބުނެފައިވަނީ މުށިން ތަށި ހަދަން ދަސްކޮށްދީގެންނެވެ. ކަރީނާ ބުނީ ތައިމޫރު އެ މަސައްކަތަށް ވަރަށް ގަޔާވި ކަމަށެވެ.

https://www.instagram.com/p/CH-AcirJLkR/

ތައިމޫރު ބޮޑުވަމުން އައި އިރު ނޫސްވެރިންނާއި ޕަޕަރާޒީން ފެނުމުން ފުރަތަމަ ކޮޅު ބިރުން ރޮއެ ހެދިޔަސް މިހާރު ތައިމޫރުގެ ފޮޓޯއެއް މީހަކު ނަގަން އުޅޭކަން އެންގިއްޖެ ނަމަ ފޮޓޯއަށް ހުއްޓިލައި ރީތިވެލައި ހަދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ތައުމޫރަށް ފަސް އަހަރު ފުރެން މަހަކަށްވުރެ ކުޑަވެފައި ވާއިރު ކަރީނާ އިނީ ދެވަނަ ދަރިފުޅަށް ބަލިވެ އެވެ. އޭނާގެ ބަނޑަށް މިހާރު ތިން މަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް