އަގުބޮޑު ތަކެއްޗަށް ހިތްކިޔާ ފިރިހެނުންނަށް ވުރެ އަންހެނުން ގިނަ: ދިރާސާ

އަގުބޮޑު ތަކެއްޗަށް ހިތްކިޔާ ފިރިހެނުން ނަށް ވުރެ އެފާޑު ތަކެއްޗަށް ހިތްކިޔާ އަންހެނުން ގިނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާގައި ވާގޮތުން ގިނަ އަންހެނުންނަކީ އެމީހުންގެ ހިތް އަގުބޮޑެތި ތ...

25 Nov 2020 | 04:59

އަގުބޮޑު ތަކެއްޗަށް ހިތްކިޔާ ފިރިހެނުން ނަށް ވުރެ އެފާޑު ތަކެއްޗަށް ހިތްކިޔާ އަންހެނުން ގިނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާގައި ވާގޮތުން ގިނަ އަންހެނުންނަކީ އެމީހުންގެ ހިތް އަގުބޮޑެތި ތަކެއްޗަށް ނިކަން ފަސޭހައިން ދަމައިގެންދާ ބައެއް ކަމަށެވެ.

މި ދިރާސާގައި ވާގޮތުން ގިނަ ފަހަރަށް މިހެން ވަނީ ބައެއް އަންހެން ކުދިންނަކީ އެމީހުން ކޮންމެ ގޮތަކަށް ތިއްބަސް ނިކަން ބްރޭންޑެޑް ނުވަތަ އަގުބޮޑު ފެޝަންތަކަށް ލޯބިކޮށް އުޅޭ ކުދިންނެވެ. އަދި އެފަދަ އަންހެން ކުދިންގެ ނަފުސާއި އަބުރުުގެ ރީތިކަމުގެ މޫނު މައްޗަކަށް ވެފައި މި އޮންނަނީ ނުވަތަ ދައްކަން ބޭނުންވެފައި އޮންނަނީ އެންމެ އަގުބޮޑު އެއްޗިއްސައްކަމަށް ދިރާސާ ރިޕޯޓުގައި ބުނެފައިވެއެވެ.

އެހެންވީމަ މި ފިކުރުގެ އަންހެން ކުއްޖަކަށް ހަދިޔާއެއް ދޭއިރު އާދައިގެ ނުވަތަ ޕޯޝް ދަރަޖައަކަށް ނުފެތޭ އެއްޗެއް ދީފި ނަމަ އެ އެއްޗެއް ކުނިވަށިގަނޑުން ހޮވަން ޖެހުމުގެ ފުރުސަތު ބޮޑުވާނެ އެވެ. މިއީ ގަބޫލު ނުކުރެވޭ ވަރުގެ ވާހަކައެއް ނަމަ، އެންމެ ފަހުގެ އައިފޯނެއް ގެނެފައި އަންހެން ކުއްޖަކަށް ހަދިޔާއެއްގެ ގޮތުގައި ދީބަލާށެވެ. އެ ކުއްޖަކު އުފަލުން ގޮސް ދެ ދުނިޔެއިން ވެސް މޮޔަކޮށްލާނެ އެވެ.

މީގެ އިތުރުން އަގުބޮޑެތި ރެސްޓޯރެންޓްތަކުން ކެއުމަކީ ވެސް ބައެއް އަންހެނުން ނިކަން ހިތްކިޔާ ކަމެކެވެ. އަދި މި މަންޒަރެއް ބޮޑަށް ފުރިހަމަވެގެން ދަނީ ވެސް ކާން ގެންނަ އެއްޗިއްސާ އެކު ނަގާ ސެލްފީ އިންސްޓަގްރާމްކޮށްލެވޭ ހިސާބުންނެވެ.

ފާހަގަކޮށްލަން ޖެހެނީ ބައެއް އަންހެނުންނަކީ އަގުބޮޑު ތަކެތިން ނޫނީ ހިތް ނުފުރޭ މީހުން ކަމެވެ. އެހެންވީމަ ގިނަ ފަހަރަށް މީގެ އަންހެން ކުއްޖަކާ ހިތާވާން ބޭނުންވާ ފިރިހެން ކުއްޖާ ވެސް ދައްކަން ޖެހެނީ ނުވަތަ ވާން ޖެހެނީ ލަގްޒަރީ ލައިފްސްޓައިލްގެ ފިރިހެނަކަށެވެ. އަގުބޮޑު ޗާލު ކާރެއް ނުވަތަ ސައިކަލެއްގައި އެ ފިރިހެން ކުއްޖާ އުޅޭ ނަމަ ނުވަތަ މަޝްހޫރު މީހުންނާއި އަގުބޮޑެތި ތަންތަނަށް ގޮސް އުޅޭ ފިރިހެނެއް ނަމަ މި ދެންނެވި ކަހަލަ އަންހެން ކުދިންގެ ހިތް ފަސޭހައިން ލެނބިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް