ޣައްޒާ މަސްރަހުން ހިތާމަވެރި ޚަބަރެއް: ގާކުނޑިތަކުން ފެނުނު ބޮމަކާ ކުޅެން ތިއްބާ އެ ގޮވައި ހަ އަހަރުގެ ދެ ކުއްޖަކު ހަސްފަތާލަށް !

މިއީ އިއްޔެ ޣައްޒާގައި ހިނގި ހިތާމަވެރި ހާދިސާއެކެވެ. ޣައްޒާ ސިޓީގެ ޞޮރްބާސީ ޢާއިލާއަށް ނިސްބަތްވާ އުމުރުން ހަ އަހަރުގެ އެއްމާބަނޑު ދެކުދިން ކަމުގައިވާ ޔަހްޔާ އާއި ނަބީލާ އުޅުނީ ގާކުނޑިތަކުގައި ކުޅޭށެ...

25 Oct 2025 | 15:06
ޣައްޒާ ސިޓީގެ ގާކުނޑިތައް - ފޮޓޯ: އެސޯސިއޭޓެޑް ޕްރެސް / އަބްދުލް ކަރީމް ހަނާ

ޣައްޒާ ސިޓީގެ ގާކުނޑިތައް - ފޮޓޯ: އެސޯސިއޭޓެޑް ޕްރެސް / އަބްދުލް ކަރީމް ހަނާ

މިއީ އިއްޔެ ޣައްޒާގައި ހިނގި ހިތާމަވެރި

ހާދިސާއެކެވެ.

ޣައްޒާ ސިޓީގެ ޞޮރްބާސީ ޢާއިލާއަށް ނިސްބަތްވާ

އުމުރުން ހަ އަހަރުގެ އެއްމާބަނޑު ދެކުދިން ކަމުގައިވާ ޔަހްޔާ އާއި ނަބީލާ އުޅުނީ

ގާކުނޑިތަކުގައި ކުޅޭށެވެ.

އެ ދެކުދިންނަށް ގާކުނޑިތަކުގެ ތެރެއިން ފެނުނު ވަށް

އެއްޗެއް އެއީ ކުޅޭ އެއްޗެއް ކަމަށް ހީކޮށް ކުޅެން ތިއްބާ ކުއްލިއަކަށް އެ

ގޮވީއެވެ. އެ ވީ ބޮމަކަށެވެ.

ފިރިހެން އަދި އަންހެން އެއް މާބަނޑު އެ ދެކުދީންގެ

ކާފަ ތައުފީޤް ޝޮރްބާސީ ބުނެފައިވާގޮތުގައި ހަމަލަތައް ހުއްޓާލުމުން ލިބުނު ތަސައްލީގައި

އެ ޢާއިލާއިން އެނބުރި ޣައްޒާ ސިޓީއަށް އައީ ނިމިދިޔަ ހަފުތާގެ ތެރޭގައެވެ. ގެ އެކުގައިހެން

ބިމާ ހަމަވެފައިވިޔަސް އުންމީދާއެކު އައި އެ ޢާއިލާއަށް އިތުރު ބޮޑު ހިތާމަޔަކާ

މިވަނީ ކުރިމަތިލާން ޖެހިފައެވެ.

އެ ދެ ކުދިންގެ ތެރެއިން ޔަހްޔާއަށް ފަރުވާދެމުން

އަންނަނީ އަލް ޝިފާ ހަސްފަތާލުގައެވެ. ނަބީލާއަށް އެހެން ހަސްފަތާލެއްގައިފަރުވާދެމުން

އަންނައިރު އެ ދެކުދިންނަށްވެސް ސީރިއަސް، ނުރައްކާތެރި އަނިޔާތަކަކާ ކުރިމަތިލާންޖެހިފައިވާކަމަށް

ރިޕޯޓްކޮށްފައިވެއެވެ. އެއް ކުއްޖެއްގެ އަތް ވަކިވެފައިވާއިރު އަނެއް ކުއްޖެއްގެ

ފައި ވަކިނުވެ އިންކަމަށްވަނީ ހަމަ ކިރިޔާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް