ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލް އެޓޭކިން މިޑްފީލްޑަރ ފިލިޕޭ ކުޓީނިއޯއަށް އަނިޔާވެ ކުޅުމާއު ދުރަށް ދާން ޖެހިއްޖެއެވެ.
މިއަދު ބާސާއިން ނެރުނު ބަޔާނެއް ގައި މިކަން ކަށަވަރުކޮށްދީފައިވާއިރު، ކުޓީނިއޯއަށް އަނިޔާވެފައިވަނީ ރޭ ރެއަލްމެޑްރިޑާއި ދެކޮޅަށް ކުޅުނު މަޝްހޫރު އެލްކްލަސިކޯ މެޗުގައެވެ. ބާސެލޯނާއިން ބުނީ މިއަދު ހެދި ޓެސްޓްތަކުން ދެއްކި ގޮތުގައި ކުޓީނިއޯގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ. ނަމަވެސް ކުޓީނިއޯގެ މި އަނިޔާގެ ކުޑަބޮޑުމިން ހާމަކޮށްފައިނުވާއިރު، މިއަނިޔާގެ ސަބަބުން ކުޓީނިއޯ ކުޅުމާއި ދުރުގައި ކިހާ ދުވަހަކު ހުންނަން ޖެހޭނެކަން އަދި ނޭނގޭކަމަށް ބާސެލޯނާގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެން ކަމުން ކުޓީނިއޯގެ މި އަނިޔާގެ ސަބަބުން އަންނަ ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އާއި ދެކޮޅަށް ބާސެލޯނާއަށް ކުޅެން ހަމަ ޖެހިފައި ވާ މެޗުގައި ކުޓީނިއޯ އަށް ނުކުޅެވިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.
އުމުރުން28 އަހަރުގެ ކުޓީނިއޯ ބާސާއާއި ގުޅުނީ އިނގިރޭސި ވިލާތުގެ ޗެމްޕިއަން ލިވަޕޫލް އަށް މޮޅު ކުޅުމެއް ދެއްކުމަށް ފަހު 2018 ވަނަ އަހަރުއެވެ. ނަމަވެސް ބާސެލޯނާގައި އެދެވޭ ކުޅުމެއް ނުދެއްކުމުގެ ސަބަބުން އެކްލަބުންވަނީ ލޯނު އުޞޫލުން ޖަރުމަނުގެ ބަޔާން މިއުނިކަށް އޭނާ ދޫކޮށްފައެވެ. ބަޔާން އާއި އެކު ކުޓީނިއޯ ވަނީ ރަނގަޅު ކުޅުމެއް ދައްކާ މިދިޔަ ސީޒަނުގައި ބަޔާންއަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިނުމުގައި އިސްދައުރެއް އަދާކޮށްފައެވެ. އެގޮތުން ބަޔާންއާއި އެކު ނިމިގެން ދިޔަ ސީޒަނުގެ ލީގާއި ޗެމްޕިއަންސް ލީގު ހޯދާފައިވެއެވެ. މިދިޔަ ސީޒަނަށް ފަހު ލޯނު ހަމަވުމާއި އެކު ކުޓީނިއޯ ވަނީ ބަޔާންއަށް އެނބުރި އައިސްފައެވެ.
ލޯނު ހަމަވުމުން ބާސެލޯނާއަށް އެނބުރި އައިސް ކުޓީނިއޯ ވަނީ މިހާތަނަށް ބާސާ އާއި އެކު ކުޅުނު ހުރިހާ މެޗެއްގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ކުޓީނިއޯ ވަނީ ބާސާއަށް މިހާތަނަށް ބާސާއަށް 57 މެޗު ކުޅެދީ 14 ގޯލު ޖަހައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް