މިހާތަނަށް އެންމެ ގިނަ ސާމްޕަލް ޓެސްޓު ކުރި ދުވަސް، ޕޮސިޓިވްވީ 84 މީހުން

ރާއްޖޭގައި މިހާތަނަށް24 ގަޑިއިރު ތެރޭގައި އެންމެ ގިނަ ސާމްޕަލް ކޯވިޑް-19 އަށް ޓެސްޓު ކުރި ދުވަހަކީ މިއީ ކަމަށް އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުން ދައްކައިފި އެވެ. އެޗްޕީއޭއިން ބުނީ އިއްޔެ ހަވީރ...

25 Oct 2020 | 18:15

ރާއްޖޭގައި މިހާތަނަށް24 ގަޑިއިރު ތެރޭގައި އެންމެ ގިނަ ސާމްޕަލް ކޯވިޑް-19 އަށް ޓެސްޓު ކުރި ދުވަހަކީ މިއީ ކަމަށް އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުން ދައްކައިފި އެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް 2،231 ސާމްޕަލް ރާއްޖޭގައި ކޯވިޑަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ޕޮސިޓިވްވެފައިވަނީ 84 ސާމްޕަލެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 30 މީހުންނާއި އަތޮޅު ތެރެއިން 54 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 26 ދިވެހިންނާއި 58 ބިދޭސީންނެވެ.

ކޯވިޑް ޖެހިގެން ފަރުވާދެމުންދަނީ 937 މީހުންނަށެވެ. އޭގެ ތެރެއިން 37 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ދެމުން ދަނީ 307 މީހުންނަށެވެ.

އަތޮޅު ތެރޭގެ 22 ރަށެއްގައި ކޯވިޑަށް ޕޮސިޓިވް މީހުން ކަރަންޓީންކޮށްފައި އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ބިދޭސީންނާއި 35 ދިވެހިންނެވެ.

މީގެ އިތުރުން 24 ރިސޯޓެއްގައި ޕޮސިޓިވް މީހުން އެބަތިއްބެވެ. އެއީ 82 މުވައްޒަފުންނާއި 26 ޓޫރިސްޓުންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 10،524 މީހުން މިހާތަނަށް ބަލިން ރަނގަޅުވެފައިވެ އެވެ.

މިއަދު ހަވީރު 6:00 ގެ ނިޔަލަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 11،505 އަށް އަރާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް