މާލޭގެ މަގުތަކުގައި ގަވާއިދާއި ޚިލާފަށް ބަހައްޓާފައިވާ ޕެލެޓްތައް މި މަހު 28 ގެ ކުރިން ނަގަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.
އެ ކައުންސިލުން ބުނީ މާލޭ މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިވާގޮތަށް ބަހައްޓާފައިވާ ޕެލެޓުތަކާއި މީހުންނަށް އަނިޔާވާގޮތަށް ހުރި ހަލާކުވެފައިވާ ޕެލެޓުތަކާއި އެހެން ތަކެތި މި ހަފްތާ ތެރޭ ކައުންސިލުން ނަގަމުންދާނެ ކަމަށެވެ.
"މި ތާރީޚުގެ ފަހުން ވެރިފަރާތުން ނުނަގައި ހުންނަ ޕެލެޓާއި އެހެން މުދާ ކުނީގެ ގޮތުގައި ނަގައި ނައްތާލާނެ. މި ތަކެތި ނަގާއިރު އެ ތަކެއްޗަށް ލިބޭ ގެއްލުމަށް ސިޓީ ކައުންސިލުން ޒިންމާ ނުވާނެ." މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
މާލޭގެ ހުރިހައި މަގެއްގައި ވެސް ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށާއި ޕާކު ކުރާ ވެހިކަލްތައްކަށް އުނދަގޫ ވާނޭ ގޮތަށް ޕެލެޓް ފަދަ ތަކެތި ބަހައްޓާފައި ހުރުމަކީ އާދައެކެވެ. އަދި އެކަމުގެ ސަބަބުން ގިނަ ބަޔަކަށް އުނދަގޫވެ، އެކަމުގެ ޝަކުވާވެސް އަންނަނީ ކުރަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް