ކާބުލްގެ އެޑިއުކޭޝަން ސެންޓަރަށް ދިން ބޮމުގެ ހަމަލާގައި 18 މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގެ ވެރި ރަށް ކާބުލްގެ އެޑިއުކޭޝަން ސެންޓަރަކަށް ދިން ބޮމުގެ ހަމަލާގައި 57 މީހުންނަށް އަނިޔާވެ 18 މީހަކު މަރުވެއްޖެ އެވެ. އަފްޣާނިސްތާނުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހަމަލ...

25 Oct 2020 | 12:46

އަފްޣާނިސްތާނުގެ ވެރި ރަށް ކާބުލްގެ އެޑިއުކޭޝަން ސެންޓަރަކަށް ދިން ބޮމުގެ ހަމަލާގައި 57 މީހުންނަށް އަނިޔާވެ 18 މީހަކު މަރުވެއްޖެ އެވެ.

އަފްޣާނިސްތާނުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެޑިއުކޭޝަން ސެންޓަރުގައި ކިޔަވައިދޭ ލެކްޗަރާއިންނާއި ދަރިވަރުން ހިމެނެ އެވެ. އަދި މި ބޮމުގެ ހަމަލާގައި އަނިޔާވި މީހުންގެ ތެރޭގައި ސީރިއަސް އަނިޔާތަކެއްވި މީހުން ވެސް ހިމެނެ އެވެ.

އެހެންކަމުން މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

އެގައުމުގެ އޮފިޝަލަކު މަންޒަރު ދުށް ފަރާތަކާއި ހަވާލާދީ ބުނީ މި ހަމަލާއަކީ މީހަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއް ކަމަށެވެ. އަދި އެޑިއުކޭޝަން ސެންޓަރުގެ ސެކިއުރިޓީ ބަލަހައްޓާ މީހުން އެކަން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

މި ފަދަ ހަމަލާތައް އަފްޣާނިސްތާނުގައި އާންމުކޮށް ހިނގި ނަމަވެސް ފާއިތުވެ ދިޔަ ހަ މަސް ދުވަހު މިފަދަ ހަމަލާތަކުގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.

އެކަމަކު މި ހަމަލާއަކީ މި ހަފްތާގައި އެ ގައުމުގައި ދިން މި ފަދަ ދެވަނަ ހަމަލާ އެވެ.

މި ހަމަލާގެ ޒިންމާ މިހާތަނަށް އަދި އެއްވެސް ފަރާތަކުން ނަގައިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް