ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތިން ފައިސާތަކެއް ފޭރެން އުޅުނު ބަޔަކު އެ ބޭންކުގެ ސެކިއުރެޓީ ނުކުމެ ހުއްޓުވައިފި އެވެ.
ފޭރެން މަސައްކަތް ކޮށްފައިވަނީ ބީއޯސީ ޖަމާ ކުރަން ގެންދިޔަ ރޫޓު ކުންފުނީގެ ފައިސާ އެވެ. އެ ފައިސާ ފޭރެން މަސައްކަތް ކުރި ތަނާހެން ބޭންކުގެ ސެކިއުރެޓީން ވަނީ ނުކުމެ އެމީހުންގެ ހުއްޓުވަން މަސައްކަތްކޮށްފަ އެވެ. ބޭންކު ސެކިއުރެޓީ އެމީހުން ހުއްޓުވަން މަސައްކަތް ކުރުމުން ފޭރެން އައި މީހުން ވަނީ އެ ސަރަަހައްދު ދޫކޮށް ގޮސްފަ އެވެ. މިކަން ހިނގި ގޮތް ދައްކުވައިދޭ ވީޑިއޯއެއް މިހާރު ވަނީ އާންމުވެފަ އެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ހަތަރު މީހަކު ވަނީ ފައިސާ ފޭރެން ސައިކަލުގައި އައިސްފަ އެވެ. އެމީހުން އައިސްފައިވަނީ ރޫޓް ކުންފުނީގެ ވޭނުގެ ފަހަތުންނެވެ. ހަތަރު މީހުންގެ ތެރެއިން އެކަކު ހުރީ ހެލްމެޓު ނާޅާ އެވެ. ރޫޓު ގެ ވޭން އޯވާޓޭކް ކުރުމަށްފަހު ފޭރެން އައި މީހުން ވަނީ ބޭންކު ކުރިމަތީގައި މަޑުކޮށްފަ އެވެ. އަދި ވޭން ސިލޯން ބޭންކަށް މަޑު ކުރިތަނާހެން ހެލްމެޓު އަޅައިގެން ތިބި މީހުން ވަނީ ވޭން ކައިރިއަށް ގޮސް ފައިސާ ފޭރިގަންނަން މަސައްކަތް ކޮށްފަ އެވެ. ފޭރަން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރުމުން ވެސް ނާކާމިޔާބު ވެފަ އެވެ.
ފޭރެން އައި މީހުންގެ ތެރެއިން އެކަކު ވަނީ ފައިސާ އަޅާފައި ހުރި ދަބަސް ނަގައިގަނެގެން ފިލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ބޭންކު ސެކިއުރެޓީވަނީ އެ ފައިސާ އަނބުރާ އޭނާގެ އަތުން ހޯދުމަށްފަހު ރޫޓް ކުންފުނީގެ މުވައްޒިފަކާ ހަވާލުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ފޭރެން އުޅުނު ފައިސާގެ އަދަދު ހަތަރު މިލިއަނަށް ވުރެ ގިނަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް