2021 ވަނަ އަހަރުގެ ބަޖެޓަކީ 35 ބިލިއަން ރުފިޔާ

ދެހާސް އެކަވީސް ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާނީ 35 ބިލިއަން ރުފިޔާކަަށް ފިނޭސް މިނިސްޓްރީއިން ބުނެފި އެވެ. އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް، އަހްމަދު ޝަރުވަސް އާދަމް މި...

25 Oct 2020 | 09:01

ދެހާސް އެކަވީސް ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާނީ 35 ބިލިއަން ރުފިޔާކަަށް ފިނޭސް މިނިސްޓްރީއިން ބުނެފި އެވެ.

އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް، އަހްމަދު ޝަރުވަސް އާދަމް މިއަދު ވިދާޅުވީ، މިމަހު 31 ވަނަ ދުވަހުގެ ކުރިން 2021 ވަނަ އަހަރުގެ ބެޖެޓުގެ ގޮތުގައި 35 ބިލިއަނެއްހާ ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށެވެ. ގާނޫނުގައިވާ ގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނީ އޮކްޓޫބަރު މަހުގެ 31ގެ ކުރިންނެނެވެ.

ޝަރުވަސް ވިދާޅުވީ މިނިސްޓްރީން މިހާރު ގެންދަނީ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. ބަޖެޓުގައި ހިމެނޭ ކަންކަމުގެ މައުލޫމާތު އަދި ފިނޭންސުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބަޖެޓުގެ ކުޑަ ބޮޑުމިން ބެލުމުގެ ބަދަލުގައި ބަޖެޓުގައި ހުރި އެހެން މުހިންމު ބައިތަކަށް ފޯކަސް ކުރާނެ ކަމަށް ސަރުވަޝް ވަނީ ވިދާޅުވެފަ އެވެ.

އެނާ އިތުރަށް ވިދާޅުވީ، ރިވައިޒް ބަޖެޓުތަށް ވެސް ވަރަށް އަވަހަށް މަޖިލީހަށް ފޮނުވާނެ އެވެ. އަދި ރިވައިޒް ބަޖެޓާއި އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި މާ ބޮޑު ތަފާތެއް ނުހުންނާނެ އެވެ.

މި އަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި މިއަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެ. މި ބަޖެޓަކީ ބޮޑު ބަޖެޓަކަށް ވީނަމަވެސް ބަޖެޓުން 12 ބިލިޔަން ރުފިޔާ ދަރަންޏަށް ވާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރު ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރުވަނީ މިއަހަރުގެ ކުރީކޮޅު ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް