ފެންފުށިން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ހޯދައިފި

އދ ފެންފުށިން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތެކެތި ދެ ވަނަ ފަހަރަށް ފުލުހުން ހޯދައިފި އެވެ. މި ތަކެތި ފުލުހުން ހޯދީ އެ ރަށު ވަލުތެރޭގައި ފޮރުވާފައި ވަނިކޮށެވެ. އެ މަސްތުވާތަކެތި ފުލުހުން ހޯދީ ފުލުހުންގ...

25 Oct 2020 | 08:19

އދ ފެންފުށިން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތެކެތި ދެ ވަނަ ފަހަރަށް ފުލުހުން ހޯދައިފި އެވެ. މި ތަކެތި ފުލުހުން ހޯދީ އެ ރަށު ވަލުތެރޭގައި ފޮރުވާފައި ވަނިކޮށެވެ.

އެ މަސްތުވާތަކެތި ފުލުހުން ހޯދީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ އަތޮޅު ބައެއް ޕޮލިސް ސްޓޭޝަންތަކުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އަދި މިއީ މި މަހު އަށް ވަނަ ދުވަހު ހަމަ ފެންފުށިން އަތުލައިގަތް ބައި ކިލޯއަށް ވުރެ ގިނަ ކްރިސްޓަލް މެތުއާ ގުޅުން ހުރި މަސްތުވާތަކެތި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފެންފުށިން ފުލުހުން އަތުލައިގަތް ބައި ކިލޯއަށް ވުރެ ގިނަ ކްރިސްޓަލް މެތުއާ ގުޅިގެން ހައްޔަރުކުރީ އދ އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކަމުންދާ 39 އަހަރުގެ ދިވެހި ފިރިހެެނެެކެވެ. އެކަމަކު މިއަދު ފެންފުށިން ފުލުހުން ހޯދި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރެ އެވެ.

މިއަދު ކުރިއަށް ދިޔަ އެ އޮޕަރޭޝަންގައި ބައިވެރިވެފައިވަނީ މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލި ޕޮލިސް ސްޓޭޝަނާއި ފެންފުށި ޕޮލިސް ސްޓޭޝަނުންނެވެ. އަދި ފުލުހުންގެ އިންޓެލިޖެންސުންނެވެ.

ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމެންޓް ޑިޕާޓުމެންޓް (ޑީއީޑީ) އިން ވަނީ ފާއިތުވި ދުވަސް ތަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެއިން ބައެއް އޮޕަރޭޝަންތަކުގައި 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ދެ ފަހަރެއްގެ މަތިން ފުލުހުން އަތުލައިގަނެފަ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް