ޖިންސީ ގޯނާ އާއި ދެކޮޅަށް އަނެއްކާވެސް މުޒާހަރާ ކުރަނީ

ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް އަނެއްކާވެސް މުޒާހަރާ ކުރަން ވޮއިސް އޮފް ޗިލްޑްރަންއިން ނިންމައިފި އެވެ. މި ޖަމިއްޔާއަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެ ޖަމި...

25 Oct 2020 | 08:15

ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް އަނެއްކާވެސް މުޒާހަރާ ކުރަން ވޮއިސް އޮފް ޗިލްޑްރަންއިން ނިންމައިފި އެވެ.

މި ޖަމިއްޔާއަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން އަހަރު ދެ ފަހަރެއްގެ މަތިން މުޒާހަރާތަކެއް ކޮށްފައިވެ އެވެ.

އެއީ ގއ. ކަނޑުހުޅުދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ އާއި ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރާ މައްސަލާގައި އެވެ. ސަފާރީ ރޭޕް ކޭސް އާއި ގުޅިގެން ސިލްސިލާކޮށް މުޒާހަރާތަކެއް ކުރި އެވެ.

އަނެއްކާވެސް ޖިންސީ އަނިޔާއާއި ދެކޮޅަށް މިއަދު މުޒާހަރާ ކުރާނެ ކަން އެ ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައި އެވެ. މުޒަހަރާ ކުރަނީ އެންމެން ޖިންސީ ގޯނާ އާއި ދެކޮޅަށް ހިޔާލުފާޅުކޮށް އަޑު އުފުލުމަށް ކަމަށްބުނެ އެވެ.

މުޒާހަރާ ކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައި މަޖީދީ މަގު ހުސްނޫގޭ ކުރިމަތީގައި އެވެ. އެ ޖަމިއްޔާއިން ވަނީ މުޒާހަރާގައި ބައިވެރިވާ މީހުން މާސްކު އެޅުމަށާއި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކޮށްފައި އެވެ.

ޖިންސީ ގޯނާ އާއި ދެކޮޅަށް އަލުން މުޒާހަރާތައް ފަށަން ނިންމާފައި މިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސަފާރީ ރޭޕް ކޭސް އާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

އެ މައްސަލައިގަ އިމްރާން ވިދާޅުވީ، ފުރަތަމަ އޭނާ ވެސް ހީކުރެއްވީ ބޮޑު ރޭޕް ކޭސްއެއް ހިނގައިގެން އުޅެނީ ކަމަށެވެ. އެކަމަކު ރަނގަޅަށް އެކަން ބެލުމުން އެގިވަޑައިގަތީ، އާންމުންނާއި މީޑިއާއިން އެ ވާހަކަ ރިޕޯޓު ކޮށްފައިވަނީ އެކަން ހިނގި ވަރަށް ވުރެ މާ ބޮޑު ކޮށްލައިގެން ކަމަށެވެ.

އަދި ވިދާޅުވީ ސަފާރީގައި ހިނގި ކަމަށް ބުނާ ކަމަކީ އާންމުގެ ތެރޭގައި ވެސް ނޭގި ކޮށްލެވޭހާ ފަސޭހަ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް