ރާއްޖެ ދޫކޮށް ދިޔައިރު ކެޓީ ޕްރައިސް ހުރީ އަނދާފައި !

ރާއްޖޭގައި ޗުއްޓީހޭދަކޮށްފައި އެނބުރި ގައުމަށް ދިޔައިރު އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ، ވިޔަފާރިވެރިޔާ، މޮޑެލް އަދި މީޑިއާ ޕާސަނަލިޓީ ކެޓީ ޕްރައިސް  ހުރީ އަނދާފައި ކަމުގައި ބޭރުގެ ނޫސްތަކުން ރިޕޯޓ...

25 Oct 2020 | 08:11

ރާއްޖޭގައި ޗުއްޓީހޭދަކޮށްފައި އެނބުރި ގައުމަށް ދިޔައިރު އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ، ވިޔަފާރިވެރިޔާ، މޮޑެލް އަދި މީޑިއާ ޕާސަނަލިޓީ ކެޓީ ޕްރައިސް  ހުރީ އަނދާފައި ކަމުގައި ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

އެގޮތުން ރިޕޯޓްކޮށްފައިވާގޮތުގައި އެނބުރި ގައުމަށް ދިޔައިރު މޫނު ހުރީ މުޅިން އެހެން ކުލައެއްގައެވެ. ސިފަކޮށްފައިވަނީ ކަޅުވެ އަނދާފައިވާކަމަށެވެ.

ރާއްޖޭގައި ހަފްތާއަކަށްވުރެ ގިނަ ދުވަހު ކެޓީ ޕްރައިސްއާއި އޭނާގެ ލޯބިވެރިޔާ ކާލް ޗުއްޓީ ހޭދަކުރިއެވެ. ޗުއްޓީގައި އުޅުނު އިރު ރާއްޖޭގައި ތިބެ ދަރިއަކު ހޯދަން މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައިވެއެވެ. އަދި ޗުއްޓީގައި އެޅެނިކޮށް ކެޓީގެ ދަތްކޮޅުވެސް ފޭބިއެވެ.

އެ ދަތްޕިލައަކީ މި ދެ ލޯބިވެރިން ތުރުކީއަށް ގޮސް ޖެހި ދަތްޕިލައެއްކަމަށް ބުނެފައިވެއެވެ. އަދި ޗުއްޓީ ނިންމާލާފައި އެނބުރިގޮސް އަލުން ތުރުކީއަށް ގޮސް ދަތްޕިލައެއް ޖަހާނެކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް