އަނިސާގެ ސުވާލެއް، ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ކުޑަބޮޑުމިން މިނިސްޓަރަށް ކަނޑައއެޅުއްވިދާނެބާ؟

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތ ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ރޭޕްކުރި މައްސަލައިގެ ތަހުގީގު ނުނިމެނީސް މައްސަލައިގެ ކުޑަބޮޑުމިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ކަނޑައެޅުއްވިދާނެތޯ ބުނެ، ކުރ...

25 Oct 2020 | 07:51

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތ ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ރޭޕްކުރި މައްސަލައިގެ ތަހުގީގު ނުނިމެނީސް މައްސަލައިގެ ކުޑަބޮޑުމިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ކަނޑައެޅުއްވިދާނެތޯ ބުނެ، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަނީސާ އަހުމަދު ސުވާލު ކުރައްވައިފި އެވެ.

އަނީސާ މިދަފައިން ވިދާޅުވެ ސުވާލު ކުރެއްވީ، ސަފާރީގައި ހިނގި ކަމަށް ބުނާ ކަމަކީ އާންމުގެ ތެރޭގައި ވެސް ނޭގި ކޮށްލެވޭހާ ފަސޭހަ ކަމެއް ކަމަށް އިމްރާނު ވިދާޅުވެފައިވާތީ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން އިމްރާން އިތުރަށް ވިދާޅުވެފައިވަނީ، ފުރަތަމަ އޭނާ ވެސް ހީކުރީ ބޮޑު ރޭޕް ކޭސްއެއް ހިނގައިގެން އުޅެނީ ކަމަށާއި، ނަމަވެސް ގާތުން އެކަން ބެއްލެވުމުން އެގިވަޑައިގަތީ، އާންމުންނާއި މީޑިއާތަކުން އެ ވާހަކަ ރިޕޯޓު ކޮށްފައިވަނީ އެކަން ހިނގި ވަރަށް ވުރެ މާ ބޮޑު ކޮށްލައިގެން ކަމަށެވެ.

އިމްރާނުގެ މި ވާަހަކަތަކާ ގުޅިގެން އަނީސާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް އެ މައްސަލައިގެ ވާހަކަ ދެއްކުމަކިީ މައްސަލައަށް ނުފޫޒު ފޯރުވުން ކުރުމުގައި ބެލެވިދާނެ ކަމަށެވެ. އަނީސާ ވަނީ މީގެ ކުރިން ވެސް ސަފާރީ ހިނގި ކަމަށްބުނާ ރޭފުގެ މައްސަލައާ ގުޅިގެން ފުލުހުން އަމަލު ކުރެއްވި ގޮތާމެދު ހިތްހަމަ ނުޖެހުން ފައުޅުކޮށްފަ އެވެ.

ސަފާރީ ކޭސްއާ ގުޅިގެން އިމްރާން ދެއްކެވި ވާހަކަތައް ދޮގުކޮށް މިހާތަނަށް އެ ކޭސްއާ ގުޅިގެން ހާމަކޮށްފައިނުވާ ތަފުސީލުތަކެއް ހިމެނޭ ސިޓީއެއް ޖިންސީ ޝިކާރައަށްވި އަންހެން މީހާގެ ޤާނޫނީ ވަކީލުންވަނީ ރައްޔިތުންގެ މަޖިލިހަށް މިއަދު ފޮނުވާފަ އެވެ. އެގޮތުން ފުލުހަށް އަންހެން މީހާ ދިން ބަޔާނުގައި އޭނާގެ ޖިންސީ ގުނަވަނުގައި ހިފައި ދެމި ކަމަށާއި، ގަދަކަމުން ސަފާރީގައި ހުރި ކޮޓަރިއަކަށް ވައްދަން އުޅުނު ކަމަށާއި، އޭނާއަށް ޖިންސީ ގޯނާކުރި މީހާގެ ޖިންސީ ގުނަވަނުގައި އަތްލާން އެންގި ކަމުގައި އެ ސިޓީގައި ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް