މާލޭ ސިޓީގައި ގްރޭޑް ހަތެއްގެ ދަރިވަރުންނަށް ސްކޫލްތަކުގައި ކިޔަވައިދޭން ފަށައިފި

މާލޭ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް ހަތެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފި އެވެ. އެ ގްރޭޑްގެ ކިޔެވުން ފަށާފައި މިވަނީ ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކުރިތާ ހަތް މަސް ފަހުންނެވެ. އާންމު...

25 Oct 2020 | 07:36

މާލޭ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް ހަތެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފި އެވެ.

އެ ގްރޭޑްގެ ކިޔެވުން ފަށާފައި މިވަނީ ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކުރިތާ ހަތް މަސް ފަހުންނެވެ. އާންމު ހާލަތުގައި ޖުލައި ރާއްޖެ ހުޅުވާލުމަށް ފަހު މާލޭގެ ސްކޫލްތަކުގައި ކިޔަވައި ދިނީ ގްރޭޑް 9-12 އަށެވެ.

އެކަމަކު ކޭސްތައް އިތުރުވުމާއި އެކު އޯގަސްޓު މަހުގެ ތެރޭގައި އަނެއްކާވެސް މާލޭގެ ސްކޫލްތައް ބަންދު ކުރުމަށް ފަހު ގްރޭޑް 9-12 އަށް ސްކޫލްތަކުގައި ކކިޔަވައިދޭން ފެށީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އޭގެ ފަހުން ކޯވިޑްގެ ހާލަތަށް ރިއާޔަތްކޮށް މިދިޔަ ހޯމަ ދުވަހު ވަނީ ގްރޭޑް އަށެއްގެ ކިޔެވުންވެސް ފަށާފައި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ގްރޭޑް ހަތެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފަށާފައިވަނީ މާލޭގެ ކޯވިޑްގެ ހާލަތު ރަނގަޅުވަމުން އަންނާތީ ކަމަށެވެ. އަދި އެޗްޕީއޭއިން އެގޮތަށް ލަފާ ދިނުމުން ކަމަށެވެ.

ޖުލައި މަހުން ފެށިގެން އަތޮޅު ތެރޭގެ ސްކޫލްތަކުގައި ކިޔަވައިދެނީ ގްރޭޑް 1-12 އަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރު މާލޭގައި އިތުރު ގްރޭޑްތަކަކަށް ސްކޫލްތަކުގައި ކިޔަވައިދޭން ނުފަށާނެ ކަމަށެވެ. އަދި އަތޮޅު ތަކުގައިވެސް ފައުންޑޭޝަން ލެވެލްގެ ދަރިވަރުންނަށް ސްކޫލްތަކުގައި ކިޔަވައިދޭން ނުފަށާނެ ކަމަށް ބުނެ އެވެ.

މިގޮތަށް ނިންމީ މި އަހަރު ނިމެން މާ ގިނަ ދުވަސް ނެތުމުން ކަމަށް އެޑިއުކޭޝަނުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް