ރާސްމީ ފާލަން ނުވަތަށް ރަސްމީ ޖެޓީ ސަރަހައްދުން އޮޑޮދޯނި ފަހަރުތަކަށް މުދާ އަރުވާ ބާލާ ހަނދާނަމަ އެކަން ހުއްޓުވުވައި އެކަން ކުރާ ފަރާތަކަށް ފިޔަވަޅު އަޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ، މާލޭގައި މުދާ އަރުވައި ބާލާ ހެނދުުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އެހެންކަމުން އެހެންކަމުން އެއް ރަސްމީ ޖެޓީ ސަރަހައްދުން މުދާ އަރުވައި ބާލާ ހަނދާނަމަ ކައުންސިލުން ފިޔަވަޅު އަޅާނެ ކަމަށެވެ.
މާލޭގައި މި ވަގުތު މުދާ އަރުވައި ބޭލުމުގެ ހުއްދަ ދީފައިވަނީ، ފަސް ސަރަހައްދަކުންނެވެ. އެ ފަސް ސަރަހައްދަކީ:
1- ރިސޯޓުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރަށް މާލޭގެ ފަސް ނަމަބްރު ޖެޓީ އާއި ހަ ނަމްބަރު ޖެޓީ
2- އަތޮޅުތަކުން މާލެ އަންނަ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދުތަކަށް ހުޅުމާލޭގެ ބަނދަރު
3- އަތޮޅުތަކުން މާލެ އަންނަ ދޯނި ފަހަރު ލަފާ ފުރުމުގައި މާލޭގެ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު
4- އަތޮޅުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރަށް މާލޭގެ އެއް ނަމްބަރު ޖެޓީ (އެމްއެމްއޭ ކުރިމަތި)
5- އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ލަފާފުރުމަށް ތިލަފުށި ބަނދަރު
މި ފަސް ސަރަހައްދު ނޫން ސަރަހައްދަކުން މުދާ އަރުވައި ބަލާ ހެނދުމަކީ މަނާކަމެކެވެ. ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދަށް ލުމާއެކު މާލޭގައި ފާލަންތަކާއި ބަނދަރުތައް ބޭނުންކުރުމަށް ހާއްސަ އުސޫލެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން ލަފ ފުރުމަށާއި އެ ނޫންވެސް ކަންތައްތަކަށް ވަކި ސަރަހައްދުތަކެއް ވަނީ ސިޓީ ކައުންސިލުން ހާއްސަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް