ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ޖަލުގައި ހަދާފައިވާ ފެންވަރު ރަނގަޅު ކުޑަ އެޕާޓުމެންޓެއްގައި ކަމަށް ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން ވިދާޅުވެއްޖެ އެވެ.
ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަުން އިމްރާން ވިދާޅުވީ، ޔާމީންގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ޑޮކްޓަރުން ލިޔުމެއް ދީފައިވާ ކަމަށެވެ. އެ ލިޔުމުގައި ވަނީ ދެކަމެއް ކަމަށާއި، އެ ދެކަމާ ގުޅިގން ޔާމީނާ ބައްދަލުކޮށާް މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ.
ޑޮކްޓަރުގެ އެ ލިޔުމުގައި ވަނީ ޔާމީނުގެ ހިތުގެ ޓެސްޓެއް ހަނދަން ޖެހޭ ކަމަށާއި، އަދި އެ މަނިކުފާނު ބަހައްޓަން ޖެހޭނީ ސްޓެރެސް ފްރީ މާހައުލެއްގައި ކަމަށެވެ. ސްޓްރެސް ފްރީ މާހައުލެއްގައި ޔާމީން ބެހެއްޓުމުގެ ގޮތުން ޖަލުގައި ހޫނު ފެން ލިބޭ ގޮތަށް ކުޑަ ފެންވަރެއްގެ އެޕާޓުމެންޓެއް ހަނދައި އެތަނަށް ޔާމީން ބަދަލުކުރައްވާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
"ރައީސް ޔާމީން އެ ހުންނެވީ ރަނގަޅު ފެންވަރެއްގެ ކުޑަވަރެއްގެ އެޕާޓްމަންޓެއްގައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ އިނގޭތޯ" އިމްރާން ވިދާޅުވި އެވެ.
ޔާމީނާ ބައްދަލުކުރައްވާ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެ މަނިކުފާނު ބޭސް ފަރުވާ ކުރަން ބޭނުންވާ ގައުމަކަށް ވަޑައިގަތުމުގެ ހުއްދަ ލިބޭނެ ކަމަށް ދެންނެވި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. ނަމަވެސް ޔާމީން ބޭނުންވީ ބޭސް ފަރުވާގެ ބަދަލުގައި ގެއަށް ބަދަލުވާން ކަމަށް އިމްރާން ވިދާޅުވި އެވެ.
ގެއަށް ބަދަލުވާން ބޭނުންވާ ވާހަކަ ޔާމީން ވިދާޅުވުމުން، ބޭސް ފަރުވާކޮށް ނިމުމުން ނިޒާމުގެ ތެރެއިން ގެއަށް ބަދަލުކުރުމުގެ ކަންތައް ކޮށްދެވޭނެ ކަމަށް ދެންނެވި ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ.
އިމްރާން ވިދާޅުވީ، ޔާމީނުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އިދިކޮޅުން ކަންބޮނޑުވުން ފައުޅުކުރާތީ، އެ ބޭފުޅުންނާ ބައްދަލުކުރައްވާފައި ވާނެ ކަމަށެވެ. އަދި ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ސަރުކާރުން އަމަލު ކުރައްވާނެ ކަމުގެ ޔަގީންކަން އެ ބޭފުޅޫނަށް އެރުވި ކަމަށ ވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް