ދެހާސް ފަނަރަ ވަނަ އަހަރު އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ބޭއްވި މޭޑޭ މުޒާހާރާގައި ނޫސްވެރިޔާ އަހުމަން ރިލުވާނުގެ މަރާ ގުޅިގެން ގެންގުޅުނު ކަރުދާސްތަކަކީ އެ ކަރުދާސްތަކުގެ ކޮޕީއެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ދޮވެހި ރާއްޖޭގެ އަޑުން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، މޭޑާ މުޒާހަރާގައި އޭނާ ދެއްކެވި ވާހަކަތަށް ވަރަށް ގިނަ ރައްޔިތުން މިހާރު ހަނދާން ނުހުންނާނެ ކަމަށެވެ. އެކަމަކު އޭނާ އެ ވާހަކަތަށް ހަނދާން އެބަހުރި ކަމަށާއި، އެ ދުވަހު ރިލުވާނުގެ މަރުގެ މައްސަލައިގައި ސީދާކޮށް އެއްވެސް މީހަކާ ގުޅުވައިގެން ވާހަކަ ނުދައްކާ ކަމަށެވެ. އަދި ރިލުވާނަށް ވީގޮތް އޭރުވެސް އެ ސަރުކާރުގެ ވެރިންނަށް އެގޭނެ ކަމަށެވެ.
ނަމަވެސް މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް އިމްރާން ހާޒިރުކޮށް އެކަމާ ގުޅޭ ސުވާލުކުރުމުން ވިދާޅުވީ، އެ ހެކިތަށް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ހެކިތަށް މިހާރު ވީތަނެއް އެގޭނީ އޭނާ ހައްޔަރުކުރި ފުލުހުންނަށް ކަމަށެވެ. އިމްރާން ވިދާޅުވެފައި ވަނީ އޭނާ ހައްޔަރުކުރީ މޫނު ނިވާކޮށްގެން ތިބި ފުލުހުން ކަމަށްވުމުން އެއީ ކޮން ބައެއްކަން އެގިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑު ހަނދާން އެބަހުރި އެ ދުވަހު ދެއްކި ވާހަކަތައް ވެސް އިނގޭތޯ. އަޅުގަނޑު ދެންނެވީ އެ ބޭފުޅުންނަށް [ކުރީ ސަރުކާރުގެ ވެރިން] އެނގިވަޑައިގަންނަވާނޭ. އަޅުގަނޑު އެ ބޭފުޅުން ބައިވެރިވި ކަމަށް ނުވަތަ އެ ބޭފުޅުން އެކަން ކުރެއްވި ކަަަމަށް ކަމަށް ދޭހަވާނެ އެއަށް ދޭހަވާނެ އެއްޗެއް ނުބުނަން" އިމްރާން ވިދާޅުވި އެވެ.
ރިލުވާނުގެ މަރާ ގުޅޭ ހެކި އަތުލި ފުލުހުން ހޯދަން ތަހުގީގެއް ކުރަމުން ނުދާ ކަމަށް ވެސް މަޖިލިސްގައި އިމްރާން ވަނީ ވިދާޅުވެފަ އެވެ. ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ މިހާރު ވެސް ފުލުހުން ބޮޑެތި އެތަކެއް މައްސަލަތަކެއް ތަހުގީގި ކުރަމުން ދާތީ ކަމަށެވެ.
އިތުރަށް އިމްރާން ވިދާޅުވެފައިވަނީ ރިލުވާނުގެ މަރުގެ މައްސަލަ ބަލަމުން ދަނީ ރިޔާސީ ކޮމިޝަނުން ކަމަށްވުމުން، ފުލުހުންގެ މަސައްކަތަކީ ރިޔާސީ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ. ރިލުވާނު މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް