ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް: ސެމީގެ ފަހު ދެޖާގަ ގޯޅި ސްޕޯޓްސް ކުލަބާއި އައުޓްރީސް ސްޕޯޓްސް ކުލަބަށް

ލ. ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން އެ ރަށުގައި މިހާރު ކުރިޔަށް ގެންދާ ” “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020”ގެ ކުއާޓާ ފައިނަލްގެ މެޗުތަކުގެ ކުޅުން ރޭ ނިމުނުއިރު، މި މުބާރާތުގެ ސެމީ ފައިނަލްގެ އެނ...

25 Oct 2020 | 04:10

ލ. ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން އެ ރަށުގައި މިހާރު ކުރިޔަށް ގެންދާ ” “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020”ގެ ކުއާޓާ ފައިނަލްގެ މެޗުތަކުގެ ކުޅުން ރޭ ނިމުނުއިރު، މި މުބާރާތުގެ ސެމީ ފައިނަލްގެ އެންމެ ފަހު ދެ ޖާގަ އައުޓްރީފް ސްޕޯޓްސް ކުލަބާއި ގޯޅި ސްޕޯޓްސް ކުލަބު ހޯދައިފިއެވެ.

ކުއާޓާ ފައިނަލްގެ އެންމެ ފަހު ދެމެޗު ރޭ ކުޅެ ނިމުނުއިރު، ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ގޯޅި ސްޕޯޓްސް ކުލަބާއި ސުޕަސްޓާރ އެވެ. މި މެޗު 2-29 އިން ކާމިޔާބު ކޮށްފައިވަނީ ގޯޅި ސްޕޯޓްސް ކުލަބް އިންނެވެ.

ގޯޅި ސްޕޯޓްސް ކުލަބާއި ސުޕަސްޓާރ ބައްދަލުކުރި މި މެޗުގައި ގޯޅި ސްޕޯޓްސް އިން 29 ލަނޑު ޖަހާފައިވާއިރު، މިއީ މި މުބާރާތުގެ މެޗެއްގައި މިހާ ގިނަ ލަނޑުތަކެއް ފެނިގެން ދިޔަ ފުރަތަމަ މެޗުކަން ފާހަގަކޮށްލަން ޖެހެއެވެ. ގޯޅި ސްޕޯޓްސް ކުލަބުން މި މެޗުގައި 29 ލަނޑު ޖަހާފައިވާއިރު، މީގެ ތެރެއިން އެޓީމުގެ ޖާޒީ ނަމްބަރ 7 އަޙުމަދު ހަލީމް ވަނީ 23 ލަނޑު މި މެޗުގައި ކާމިޔާބު ކޮށްފައެވެ. މިއީ ވެސް މި މުބާރާތުގައި އެއް މެޗެއްގައި އެއްކުޅުންތެރިއެއްގެ ފަރާތުން މިހާ ގިނަ ލަނޑުތަކެއް ފެނިގެން ދިޔަ ފުރަތަމަ މެޗެވެ. އެޓީމުގެ އިތުރު ލަނޑުތަށް ކާމިޔާބު ކުރީ އަޔާޒް އަޙުމަދު އާއި އިބުރާހީމް މުބީންއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ 23 ލަނޑު ޖަހައިދިން އަޙުމަދު ހަލީމް އެވެ.

ކުއާޓާ ފައިނަލްގައި ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކޮށްފައިވަނީ އައުޓްރީފް ސްޕޯޓްސް ކުލަބާއި ގޯޅި ޖޭއާރު އެވެ. މި މެޗު 1-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އައުޓްރީސް ސްޕޯޓްސް ކުލަބުންނެވެ. ރޭގެ މި މެޗު އައުޓްރީފުން ކާމިޔާބު ކުރިއިރު، އެޓީމަށް ލަނޑުތަށް ޖަހައިދިނީ އަޙުމަދު ޞަބާޙް 2 ލަނޑު އަދި އަލީ ނާޝިދު 1 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އައުޓްރީފް އަށް ދެ ލަނޑު ކާމިޔާބު ކޮށްދިން އެޓީމުގެ ޖާޒީ ނަމްބަރ 11 އަޙުމަދު ޞަބާޙް އެވެ.

ރޭގެ މި ނަތީޖާތަކާއި އެކު އައުޓްރީފް ސްޕޯޓްސް ކުލަބާއި ގޯޅި ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ ހޯދިއިރު، މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ދެ ޖާގަ ހޯދީ ކަންމަތީ ސްޕޯޓްސް ކުލަބާއި ޑީޑީއެފް ދި ގެނެރޭޝަން އެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ( މާދަމާރޭ) ގައެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ޑީޑީއެފް ދި ގެނެރޭޝަންއާއި ގޯޅި ސްޕޯޓްސް ކުލަބެވެ. އަދި ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އައުޓްރީފް ސްޕޯޓްސް ކުލަބާއި ކަންމަތި ސްޕޯޓްސް ކުލަބްއެވެ.

މި ހުރިހާ މެޗެއް ވެސް " ތުނޑީ ފުޓްސަލް ޗެލެންޖް 2020" ފޭސްބުކް ޕޭޖް މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް