ކީން އާއި އެމްބާޕޭގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވެއްޖެ

ފްރެންޗް ލީގުގައި ރޭ ޑިހޮން އާއި ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ މޮޅުވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ 0-4 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީގެ އަމިއް...

25 Oct 2020 | 03:17

ފްރެންޗް ލީގުގައި ރޭ ޑިހޮން އާއި ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ 0-4 ގެ ނަތީޖާއަކުންނެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު ފަށައިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭ ޕީއެސްޖީން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 3 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދާދި ފަހުން އެވަޓަނުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއާ ގުޅުނު ފޯވާޑް މޮއިސް ކީނެވެ. މިއީ އުމުރުން 20 އަހަރުގެ ޒުވާން ފޯވާޑް ޕީއެސްޖީއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އަދި މެޗުގެ 23 ވަނަ މިނެޓުގައި ކީން ވަނީ އިތުރު ލަނޑެއް ޖަހާ ޕީއެސްޖީއަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ޕީއެސްޖީން ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުގެ ތިންވަނަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 82 ވަނަ މިނެޓުގައެވެ. މި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ. އަދި އޭގެ ހަ މިނެޓު ފަހުން އެމްބާޕޭ ވަނީ ޕީއެސްޖީގެ ހަތަރުވަނަ ލަނޑުވެސް ޖަހާފައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު އަށް މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލިލްއަށް ހަތް މެޗުން ވަނީ 17 ޕޮއިންޓް ލިބިފައެވެ. އަދި ޕީއެސްޖީ އަތުން ބަލިވި ޑިޖޮން އޮތީ ތާވަލުގެ ފުލުގައި އަށް މެޗުން ލިބުނު އެންމެ ދެ ޕޮއިންޓާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް