ޑްރޯން ހަމަލަތައް ދިނީ ބިރުދެއްކުމުގެ ނިޔަތުގައި ކަމަށް އެ މޫވްމަންޓުން ދެކޭ -
ޢައްޒާގެ ހިސޯރު ނައްތާލަން ދަތުރުކުރަމުން އަންނަ
ގްލޯބަލް ސުމޫދު ފްލޮޓިއްލާ މޫވްމަންޓްގެ އުޅަނދުތަކަށް އަމާޒުކޮށް ޑްރޯން
ހަމަލަތަކެއް ދީފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޑްރޯން
ހަމަލަތަކެއް އެ މޫވްމަންޓަށް އަމާޒުވީ ގްރީސްގެ ރަށްބޭރުންނެވެ. އެ ހަމަލަތައް އެ
މޫވްމަންޓްގައި 51 އުޅަނދެއްގައި ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ހިފައިގެން
އެއްވެސް ހަތިޔާރެއް ނެތި 500 އެއްހާ އެކްޓިވިސްޓުން ޣައްޒާއާއި ދިމާއަށް ދަތުރުކުރަމުން
އަންނައިރު އެ މޫވްމަންޓްގެ ބޯޓުތަކަށް ޑްރޯން ހަމަލަތަކެއް އަމާޒުކޮށްފައިވަނީ
ރޭގަނޑުގެ ދަންވަރުގެ ވަގުތުގައި ބިރު ދެއްކުމުގެ ގޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެ ހަމަލަތަކާއި ގުޅިގެން އިޓަލީއާއި ސްޕެއިން އިން
އެ މޫވްމަންޓަށް އެހީތެރިވުމަށް އެ ދެ ޤައުމުގެ ނޭވީ ފޮނުވާފައިވާއިރު އިސްރާއީލުން
ނުވަތަ އިސްރާއީލަށް ވާގިވެރިވާ ފަރާތްތަކުން ދިން އެ ޑްރޯން ހަމަލަތަކުގެ
ސަބަބުން އެ މޫވްމަންޓްގެ ބައެއް އުޅަނދުތަކަށް ގެއްލުން ލިބިފައިވާކަމަށްވެސް
މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޑްރޯންގެ އެ ހަމަލަތައް ދީފައިވަނީ އެ މޫވްމަންޓްގެ
ބައެއް ބޯޓުތަކާއި ދިމާ މަތިންނެވެ. ހަމަލަތައް ދިނުމުގައި ބައެއް ކެމިކަލް
މާއްދާތައް އެކުލެވޭ ގޮއްވުންތައް ގޮއްވާފައިވާކަމަށްވެސް ތުހުމަތު ކުރެއެވެ.
ބިރު ދެއްކުމަށް އެ ހަމަލަތައް އަމާޒު ކުރި
ނަމަވެސް ފްލޮޓިއްލާ މޫވްމަންޓްގެ އުޅަނދުތައް ހުއްޓުމެއްނެތި ޣައްޒާއާއި ދިމާއަށް
ދަތުރުކުރާނެކަމަށް އެ މޫވްމަންޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް