ކޯވިޑް-19 އަށް ރާއްޖެއިން ޕޮސިޓިވްވި މީހުންގެ އަދަދު 10،000 އަށް އަރައިފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވި 75 މީހުންނާއި އެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 10،000 އިން މަތިވެފައިވާ ކަމަށެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 66 މީހުންނާއި އަތޮޅު ތެރެއިން ނުވަ މީހެކެވެ.
ޕޮސިޓިވްވެފައިވަނީ 53 ދިވެހިންނާއި 22 ބިދޭސީންނެވެ.
އެޗްޕީއޭއިން ބުނީ މި ވަގުތު ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދަނީ ފަރުވާ ދެމުން ދަނީ 1،300 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 82 މީހުންނަށެވެ.
މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 8،673 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 10،014 މީހުންނެވެ. އޭގެ ތެރެއިން 34 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް