ދެ މިނިސްޓްރީއަކުން ހޯޑެއްދޫއަށް އެހީގެ ތަކެތި ފޮނުވައިފި

ދެ މިނިސްޓްރީއަކުން ހޯޑެއްދޫއަށް ކެއަރ ޕެކޭޖު ފޮނުވައިފި އެވެ. މިތަކެތި އެރަށަށް ހަދިޔާ ކުރީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސަރވިސަސް އާއި މިނިސްޓްރީ އޮފް ހެލްތް ގުޅިގެން ނެވެ. ހޯނޑެއްދޫ ސިއްހީ...

25 Sep 2020 | 15:30

ދެ މިނިސްޓްރީއަކުން ހޯޑެއްދޫއަށް ކެއަރ ޕެކޭޖު ފޮނުވައިފި އެވެ.

މިތަކެތި އެރަށަށް ހަދިޔާ ކުރީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސަރވިސަސް އާއި މިނިސްޓްރީ އޮފް ހެލްތް ގުޅިގެން ނެވެ.

ހޯނޑެއްދޫ ސިއްހީ މަރުކަޒުން ބުނީ، ކޮވިޑް19 ބަލި ފެތުރުމުގެ ހާލަތާއި ގުޅިގެން ފޮނުވި ކެއަރ ޕެކޭޖްތަކާއި އެހެނިހެން ސާމާނު އެރަށަށް ލިބުނީ މިއަދު ކަމަށެވެ.

"ފޮނުވި ތަކެޓުގެ ތެރޭގައި 196 ބަސްތާ ހަނޑޫ، 196 ބަސްތާ ހަކުރު، 33 ބަސްތާ މުގު ހިމެނޭ." ހޯޑެއްދޫ ސިއްހީ މަރުކަޒުން ބުންޏެވެ.

މީގެ އިތުރުން ބަލިމީހުން އައިސޮލޭޓް ކުރުމަށް 11 މީހުން އެކޮމަޑޭޓް ކުރުމަށް ބޭނުންވާ އެނދާއި، ގޮދަޑި އާއި އައިސޮލޭޓްކުރުމަށް ބޭނުންވާނޭ އެހެނިހެން ސާމާނު ފޮނުވާފައިވާ ކަމަށް އެރަށުން ބުންޏެވެ.

ހޯނޑެއްދުއިން މިހާތަނަށް ކޮވިޑް-19 ގެ 45 ކޭސް ފެނިފައިވާ އިރު، އޭގެ ތެރެއިން 32 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ 13 މީހުން އެރަށުގައި ތިބި އިރު، އިއްޔެ ވެސް ވަނީ އެރަށުން މީހަކު ޕޮޒިޓިވްވެފައެވެ.

ހޯނޑެއްދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތައް ފެނިފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެފަހުން އަދިވެސް އެރަށް އޮތީ މޮނިޓަރިން ހާލަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް