ކަންފަސޭހަކޮށްލާ، ކިރިޔާވެސް ދުލެއް ދެވިއްޖިއްޔާ ބަލި އިތުރަށް ފެތުރުމުގެ ފުރުޞަތު އެބައޮތް: ޑރ. ނަޒްލާ

ޕޮޒިޓިވް ކޭސްތައް މަދުވި ނަމަވެސް އަޅާފައިވާ ފިޔަވަޅުތަކުގައި ދެމިތިބެން އެބަޖެހޭ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފި. އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅ...

25 Sep 2020 | 14:56

ޕޮޒިޓިވް ކޭސްތައް މަދުވި ނަމަވެސް އަޅާފައިވާ ފިޔަވަޅުތަކުގައި ދެމިތިބެން އެބަޖެހޭ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފި.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކުޑަދުވަސްކޮޅެއް ކުރިން ވަރަށް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން ދިޔަކަމަށެވެ.

ނަމަވެސް ފާއިތުވި ހަފުތާގައި ޕޮޒިޓިވް ވާ މީހުންގެ ޢަދަދަށް ބަލާލާ އިރު، ކޮވިޑް ހުއްޓުވުމަށް އެޅި ފިޔަވަޅުތަކަށް ފަހު، ކޭސްތައް މަދުވާން ފަށާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދި މިހެން މިވަނީ އެފިޔަވަޅުތަކަށް ރައްޔިތުން ދިން އިޖާބައިގެ ސަބަބުން ކަމަށެވެ.

"ނަމަވެސް އަދިވެސް އަޅުގަނޑުމެން އެބަޖެހޭ މި ފިޔަވަޅުތައް މަތީ ދެމިތިބެން. ކަންފަސޭހަކޮށްލާ، ކިރިޔާވެސް ދުލެއް ދެވިއްޖިއްޔާ ބަލި އިތުރަށް ފެތުރުމުގެ ފުރުޞަތު އޮންނާނެ" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ލޮކްޑައުންއަށް ލުއި ދިނުމާއެކު އެކަން ފެނިފައިވާ ކަމަށާއި އެހެންވެ، ދެންވެސް އެގޮތަށް ފެނުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް