ކިނޮޅަހުން ސަރވައިލެންސް 2 ސާމްޕަލެއް ނަގައިފި، އެކަމަކު ކޮވިޑާ ގުޅުމެއް ނެތް

ރ. ކިނޮޅަހުން ސަރވައިލެންސް 2 ސާމްޕަލެއް ނަގައިފި އެވެ. އެރަށު ސިއްހީ މަރުކަޒުން ބުނީ މިއީ މިދުވަސްވަރު ހުމާއި އަރިދަފުސް ރޯގާ އިތުރުވެފައިވާތީ ނެގި ސާމްޕްލެއް ކަމަށެވެ. އަދި މިއީ ޞިއްޙީ މަރުކަޒަށް ޑޮ...

25 Sep 2020 | 09:37

ރ. ކިނޮޅަހުން ސަރވައިލެންސް 2 ސާމްޕަލެއް ނަގައިފި އެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ މިއީ މިދުވަސްވަރު ހުމާއި އަރިދަފުސް ރޯގާ އިތުރުވެފައިވާތީ ނެގި ސާމްޕްލެއް ކަމަށެވެ. އަދި މިއީ ޞިއްޙީ މަރުކަޒަށް ޑޮކްޓަރަށް ދެއްކި ފަރާތްތަކުގެ ތެރެއިން 2 މީހެއްގެ ގައިން ނެގުނު 2 ސާމްޕަލް ކަމަށެވެ.

އެހެންނަމަވެސް، މިއީ ކޮވިޑް19 އަށް ކިނޮޅަހުން މީގެ ކުރިން ޕޮޒިޓިވްވި ބިދޭސީ މީހާއާއި ގުޅުންހުރި ކަމެއް ނޫން ކަމަށާއި އެ މީހާއާއި ކޮންޓެކްޓްވި އެއްވެސް ފަރާތެއް ޕޮޒިޓިވް ވެފައި ނުވާކަމަށްވެސް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.

" މިދުވަސްވަރު މިރަށުގައި އަރިދަފުސް ރޯގާ އާ ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މިންވަރު ވަނީ އިތުރު ވެފަ. އެހެންވެ، ރައްކާތެރިކަމުގެ ގޮތުން ސާމްޕަލް ނެގީ" އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.

ޢާންމުން ސަމާލުކަން ދޭންވީ ކަންތައްތަކެއް ހިމަނައިގެން އެރަށު ސިއްހީ މަރުކަޒުން ވަނީ އިޢުލާނެއް ޢާންމުކޮށްފައެވެ.

އެގޮތުން، ރޯގާ ޖެހުމުން ރިޕޯޓް ކުރުމާއި ޑޮކްޓަރަށް ދެއްކުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ޞިއްޙީ މަރުކަޒަށް ދިޔުމުގެ ބަދަލުގައި މަރުކަޒުން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ވަނީ އެދިފައެވެ. އަދި މަރުކަޒަށް ދާނަމަ މާސްކް އެޅުން ފަދަ ކަންކަމަށް އިސްކަންދިނުމަށްވެސް ވަނީ އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް