މޯލްޑިވިއަންގެ ޚާއްސަ ޗާޓަރ ފްލައިޓެއް އަންނަ މަހު މެލެޝިއާއަށް ބާއްވަނީ

މޯލްޑިވިއަންގެ ޚާއްސަ ޗާޓަރ ފްލައިޓެއް އަންނަ މަހު މެލެޝިއާއަށް ބާއްވަން ނިންމައިފި އެވެ. އޭސް ޓްރެވެލްސް އިން ބާއްވަން ނިންމާފައިވާ މި ފްލައިޓާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދ...

25 Sep 2020 | 08:20

މޯލްޑިވިއަންގެ ޚާއްސަ ޗާޓަރ ފްލައިޓެއް އަންނަ މަހު މެލެޝިއާއަށް ބާއްވަން ނިންމައިފި އެވެ.

އޭސް ޓްރެވެލްސް އިން ބާއްވަން ނިންމާފައިވާ މި ފްލައިޓާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ޗާޓަރު ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 31 ގައި ކަމަށެވެ. އަދި މި ފްލައިޓުން ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ބުކިންގ ހެދުމުގެ ފުރުޞަތު ހުޅުވާލާނީ މި މަހުގެ 28 ގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ފްލައިޓުގެ ޓިކެޓުގެ އަގު އުޅޭނީ 410 ޑޮލަރާއި 580 ޑޮލަރާ ދެމެދުގައި ކަމަށާއި މެލޭޝިޔާއަށް ދާ ފްލައިޓު އެނބުރި އަންނައިރު ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

ފިރާގު އިތުރަށް ވިދާޅުވީ އެ ފްލައިޓުގައި ދަތުރުކުރާ ފަސިންޖަރުންނަށް 30 ކިލޯގެ ބެގެޖް އެލަވެންސެއް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

މެލޭޝިއާއަށް ދާން ބޭނުންވާ ދިވެހި ދަރިވަރުން ގެންދިއުމަށް މޯލްޑިވިއަން އާއި ގުޅިގެން މިދިޔަ މަހުވެސް އޭސް ޓްރެވެލްސް އިން ވަނީ ފްލައިޓެއް ބާއްވާފައެވެ. އަދި އެ ފްލައިޓުގައި 50 ދަރިވަރަކު އެގައުމަށް ގެންގޮސްދީފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް